ކ. މާލެ
|
29 އޯގަސްޓް 2024 | ބުރާސްފަތި 16:29
އައިހަމް މާޒިޔާ އަށް ސޮއިކުރުމަށްފަހު ޖާޒީގައި
އައިހަމް މާޒިޔާ އަށް ސޮއިކުރުމަށްފަހު ޖާޒީގައި
މާޒިޔާ ސްޕޯރޓްސް ކްލަބް
ފުޓްބޯޅަ
އައިހަމް މާޒިޔާ އަށް
ގައުމީ ފުޓްބޯޅަ ޓީމުގެ މެދުތެރެއަށް ވެސް ކުޅެމުން އައި ކުޅުންތެރިޔާ އަހުމަދު އައިހަމް މާޒިޔާ އަށް ކުޅެން ސޮއިކޮށްފި އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ މެދުތެރެއަށް ވެސް ކުޅެމުން އައި ކުޅުންތެރިޔާ އަހުމަދު އައިހަމް މާޒިޔާ އަށް ކުޅެން ސޮއިކޮށްފި އެވެ.

ޒުވާން ކުޅުންތެރިޔާ އަކީ މާޒިޔާގެ ވަރުގަދަ ސްކޮޑާ މިއަހަރު ގުޅުނު ފުރަތަމަ ކުޅުންތެރިޔާ އެވެ. އޭނާ މާޒިޔާއާ ގުޅުނުއިރު ރާއްޖޭގެ ގައުމީ ޓީމުގެ 90 ޕަސެންޓް ކުޅުންތެރިން ކުޅެމުންދާ ޓީމަކަށް ވެފައިވަނީ މާޒިޔާ އެވެ.

ފުރަތަމަ ޑިވިޝަނުގެ ސަސް އަށް ކުޅުނު އައިހަމް މާޒިޔާ އަށް ބަދަލުވިއިރު އެ ޓީމު މިވަގުތު ތައްޔާރުވަމުން އަންނަނީ އޮކްޓޫބަރު މަހު ފަށާ އޭއެފްސީ ޗެލެންޖް ލީގަށެވެ.

މި މުބާރާތުގެ ގްރޫޕް ފިޔަވަހީގެ މެޗުތަކަށް މާޒިޔާއިން ޕްރެކްޓިސް ފަށާނީ އަންނަ އަންގާރަ ދުވަހު އެވެ. ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ސާބިއާ އެންޑް މޮންޓެނީގްރޯގެ ކޯޗު ޑްރަގަން ޑުކަނޮކޮވިޗް އެވެ. އޭނާ އަކީ މީގެ ކުރިން އޭޝިޔާގެ ގިނަ ގައުމުތަކެއްގައި ކޯޗުކޮށްދީފައިވާ ތަޖުރިބާކާރެކެވެ. މި ގޮތުން އޭނާ ވަނީ އިންޑޮނީޝިއާ އާއި ބަނގްލަދޭޝް އަދި މޮންޓެނީގްރޯ އާއި ސާބިއާގެ އިތުރުން ގްރީސްގެ ބައެއް ޓީމުތަކަށް ވެސް ކޯޗުކޮށްދީފަ އެވެ. އޭނާއާއެކު މާޒިޔާއިން ރަސްމީކޮށް ކޮންޓްރެކްޓްގައި ސޮއިކުރުން ބޭއްވީ މިއަދު ހެނދު މަޒާޑާ ކެފޭގަ އެވެ. ޓީމުގެ ފަރާތުން ސޮއިކުރީ ޗެއާމަން އަހުމަދު ސާޖިދެވެ.

މާޒިޔާ ހިމެނޭ ގްރޫޕް ބީގައި ހިމެނެނީ ކުވޭރުގެ އަލް އަރަބީ އާއި ތުރުކުމެނިސްތާންގެ އެފްސީ އާކަޑާ އާއި ކަޒަކިސްތާނުގެ އެފްސީ އަބްޑީޝް އަޓާ ކަންޓެވެ. މި ހަތަރު ޓީމު ގްރޫޕް ސްޓޭޖުގައި ކުޅޭ ހުރިހާ މެޗެއް ވެސް ކުޅޭނީ ކުވޭތުގަ އެވެ. ފުރަތަމަ މެޗުގައި މާޒިޔާ ނުކުންނާނީ އަންނަ އޮކްޓޫބަރު މަހު 26ގައި އެފްސީ އާކަޑާއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި 29 ވަަނަ ދުވަހު ކުޅޭނީ އަލް އަރަބީއާ ދެކޮޅަށެވެ. ތިން ވަނަ މެޗުގައި އަބްޑީޝްއާ ދެކޮޅަށް ކުޅޭނީ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް