ކަރުގައި ރިއްސުމާއި ރޯގާއަށް ގޭގައި ތައްޔާރުކޮށްލެވިދާނެ ބޭހެއް
29 އޯގަސްޓް 2024 | ބުރާސްފަތި 17:36
މީހަކު ކަރުގައި ރިއްސާފައި ހުރި މަންޒަރު ދައްކުވައިދޭ ފޮޓޯއެއް
މީހަކު ކަރުގައި ރިއްސާފައި ހުރި މަންޒަރު ދައްކުވައިދޭ ފޮޓޯއެއް
ރާއްޖެއެމްވީ

ބޭނުންވާނެ ތަކެތި:

  1. 1 ލުނބޯ ދިޔަ
  2. 1/2 ލުނބޯ ތުނިކޮށް ކޮށާފައި
  3. 1 ސައިސަމުސާ މާމުއި
  4. 1 ސައިސަމުސާ އިނގުރު ދިޔަ
  5. 2-3 ތައިމް ގަސް
  6. 2 ޖޯޑު ފެން

ތައްޔާރު ކުރާނެގޮތް:

ފެނުގެ ތެރެއަށް  ލުނބޯއެއްގެ ދިޔައ އާއި، ތުނިކޮށްކޮށާފައި ހުރި ލުނބޯ (ތޮށްޓާއެކު) އަދި މާމުއި އަޅާލާށެވެ. ކުޑަކޮށްކެކިލުމުން އޭގެ ތެރެއަށް އިނގުރުދިޔަ އަދި ތައިމް ކޮޅު އަޅާ ރަނގަޅަށް ކެކިލުމުން ނަގާފައި ފުރާނާލައިގެން ބޯލާށެވެ.

މިއީ ގަދައަށް ކެއްސުމާއި، އަރިދަފުސް ރޯގާއަށް ގޭގައި ތައްޔާރުކޮށްލެވިދާނެ، އަވަސް އަދި ޚަރަދުކުޑަ ބޭހެކެވެ. އާއްމުގޮތެއްގައި، ބެކްޓީރިއަލް އިންފެކްޝަނެއް ނެތްނަމަ މިބުއިން ބޭނުންކޮށްލައިގެން ފަސޭހަވުމުގެ އަސަރުތައް ވަރަށް އަވަހަށް ފެންނަންފަށާނެއެވެ. ނަމަވެސް، އެކަށީގެންވާ ވަރުގެ ލުއިކަމެއް ފާހަގަނުވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް