ކ. މާލެ
|
14 އޯގަސްޓް 2017 | ހޯމަ 16:02
ތިިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ
ތިިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ
މުހައްމަދު ޝަރުހާން
މެންބަރު މުސްތަފާ
މެންބަރު މުސްތަފާ ފުލުހަށް ހާޒިރުކުރުން ދެވަނަ ފަހަރަށް ކެންސަލް ކޮށްފި
މިމަހުގެ 8 ވަނަ ދުވަހު ހާޒިރުވާން އެންގުމަށް ފަހު ކެންސަލް ކުރި
މެންބަރުންނަށް ދައުވާކޮށް ތަހުގީގުތަކެއް
ހަތަރު މެންބަރަކު މިހާރު ވެސް ބަންދުގައި

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ހޯމަ ދުވަހު ފުލުސް އޮފީހަށް ހާޒިރުވާން އެންގުމަށް ފަހު އެ ޗިޓް ކެންސަލް ކޮށްފި އެވެ.

ހޯމަ ދުވަހުގެ ހަވީރު 4:00 އަށް މުސްތަފާ ފުލުސް އޮފީހަށް ހާޒިރުވާން އެންގި ނަމަވެސް، މުސްތަފާ ވިދާޅުވީ ޗިޓް ކެންސަލް ކޮށްފައިވާ ކަމަށް ހޯމަ ދުވަހުގެ މެންދުރު ފުލުހުން އަންގާފައިވާ ކަމަށެވެ.

މުސްތަފާ ފުލުހަށް ހާޒިރުކުރަން އުޅެނީ ރައީސް އަބްދުﷲ ޔާމީން މަގާމުން ބޭރުކޮށް ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ޣައިރު ގާނޫނީ އަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރުލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމުގެ ތުހުމަތުގައި ހިންގާ ތަހުގީގަށް ސުވާލުކޮށް ބަޔާން ނެގުމަށާއި އަޑުގެ ސާމްޕަލް ނެގުމަށެވެ.

އެ މައްސަލައާ ގުޅިގެން މިމަހުގެ 8 ވަނަ ދުވަހު ވެސް ފުލުސް އޮފީހަށް ހާޒިރުވާން މުސްތަފާ އަށް އެންގި އެވެ. ނަމަވެސް، ފުލުހުން ވަނީ ފަހުން އެ ޗިޓް ވެސް ކެންސަލް ކޮށްފަ އެވެ.

ޗިޓް ކެންސަލް ކޮށްފައިވަނިކޮށް، މިމަހުގެ 8 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް މުސްތަފާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފަ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގުރާމެއްގައި މުސްތަފާ ދެއްކެވި ވާހަކަތަކުގެ ތަހްގީގު ކުރަމުންދާއިރު މުސްތަފާ ފިލައިގެން ގޮސްފާނެ ކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފަ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުގެ މައްސަލަ 45 މެންބަރުންގެ ސޮޔާއެކު މިދިޔަ މަހުގެ ތެރޭގައި ހުށަހެޅި ފަހުން ގިނަ އަދަދެއްގެ މެންބަރުންނަށް އެކި ކަހަލަ ތުހުމަތުތައްކޮށް ފުލުސް އޮފީހަށް ހާޒިރުކުރުމަށް ފަހު 12 މެންބަރެއްގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ވަނީ ފޮނުވާފަ އެވެ.

އޭގެ އިތުރުން މިހާރު ވެސް ހަތަރު މެންބަރަކު ތިއްބެވީ ފުލުހުންގެ ބަންދުގަ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް