ކ. މާލެ
|
26 އޯގަސްޓް 2024 | ހޯމަ 22:19
މަސްވެރިކަމާއި ބެހޭ ވަޒީރު މަސްވެރިންނާއި ބައްދަލުކުރުން - ސަރުކާރުންވި ވައުދުތައް ނުފުއްދޭނެކަމަށް ވިދާޅުވި
މަސްވެރިކަމާއި ބެހޭ ވަޒީރު މަސްވެރިންނާއި ބައްދަލުކުރުން - ސަރުކާރުންވި ވައުދުތައް ނުފުއްދޭނެކަމަށް ވިދާޅުވި
ރާއްޖެއެމްވީ
ފިޝަރީޒް މިނިސްޓަރ ޝިޔާމް
ފިޝަރީޒް މިނިސްޓަރ ޝިޔާމް އަށް ޑޮލަރު މައްސަލަ މިވީ އެމްޑީޕީ އިން ކުރަން އުޅުނު ބަޣާވާތަކަށް
ޝިޔާމް ތަކުރާރު ކޮށް ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ކާރލް ސުޓުމްކަ ގެ އިސްތިއުފާއަށް ވަނީ ގޮވާލާފައި

ރައީސް މުއިއްޒުގެ ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް، ބޭންކް އޮފް މޯލްޑިވްސް އިން ރުފިޔާ ކާޑަށް ޑޮލަރު ނުލިބޭ ގޮތް ހެދުން އެއީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ހިންގަން އުޅުނު "މާލީ ބަޣާވާތެއް" ކަމަށް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެރޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް އިން ދިވެހި ރައްޔިތުންގެ ކަރުގައި ހިފަން ނިންމި އިރު އެމްޑީޕީ އިން އެ ވާހަކަ ދައްކަން ނޫސް ކޮންފަރެންސް އެއްގައި ތިބުން އެއީ އިއްތިފާގެއް ނޫން ކަމަށެވެ.

ޝިޔާމްގެ މި ބަސްތަކާ ދާދި އެއްގޮތައް ފުލުހުންގެ އިދާރާއިން ވަނީ ހޯމަ ދުވަހުގެ ރޭ ބަޔާނެއް ނެރެ، ބީއެމްއެލް އިން ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް އެޅި ފިޔަވަޅާ ގުޅިގެން ހިނގައިދިޔަ ކަންކަމަކީ ބަޣާވާތެއްގެ ގޮތައް ދެކޭ ކަމަށް ބުނެ އެކަން ތަހުގީގު ކުރާ ކަމަށް ބުނެފައެވެ.

ޝިޔާމް ވަނީ އެއީ ރޭވިގެން އިންތިޒާމް ވެގެން އެމްޑީޕީ އިން ހިންގަން އުޅުނު ބަޣާވާތެއްގެ ގޮތުގައި ސިފަ ކޮށްފައެވެ.

ޝިޔާމްގެ ވާހަކައިގައި ތަކުރާރު ކޮށް ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ކާރލް ސުޓުމްކަ ގެ އިސްތިއުފާއަށް ވަނީ ގޮވާލާފައެވެ.

ހޯމަ ދުވަހުގެ ރޭ ފުލުހުންގެ އިދާރާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާ އާ ޚިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ، ހަމަ އެ ވަގުތު ސޯޝަލް މީޑިއާ ގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން މަގުމައްޗަށް މަގުތަކަށް ނުކުތުމަށް ހިތްވަރު ދީފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް