Advertisement
ކ. މާލެ
|
26 އޯގަސްޓް 2024 | ހޯމަ 22:13
މާލެ ކޮންސްޓްރަކްޝަން ސައިޓެއްގައި ބިދޭސީން މަސައްކަތްކުރަނީ- އަމިއްލަ ފަަރާތްތަކުގެ ބިލްތަކަށް ސަރުކާރުން ފައިސާ ނުދޭ މައްސަލަ ވަނީ ބޮޑުވެފައި
މާލެ ކޮންސްޓްރަކްޝަން ސައިޓެއްގައި ބިދޭސީން މަސައްކަތްކުރަނީ- އަމިއްލަ ފަަރާތްތަކުގެ ބިލްތަކަށް ސަރުކާރުން ފައިސާ ނުދޭ މައްސަލަ ވަނީ ބޮޑުވެފައި
ރާއްޖެއެމްވީ
އަމިއްލަ ކުންފުނިތަކަށް ދޭން ހުރި ފައިސާ
އަމިއްލަ ކުންފުނިތަކަށް ދޭން ހުރި ފައިސާ ގެ މައްސަލަ ހައްލު ކުރަން ސަރުކާރުން ގޮތްތަކެއް ނިންމައިފި
ޓީ-ބޮންޑަކަށް ފައިސާ ބަދަލު ކުރުން
ބިމެއް ކުއްޔަށް ދިނުން
ޓެކްސް ފައިސާ އިން ދޭން އޮތް ފައިސާ ކަނޑާލުން

ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދޭންހުރި ފައިސާ ދިނުމުގައި ހުރި ޙައްލުތަކާގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކޮށް ރައީސުލްޖުމްހޫރިއްޔާ ގޮތަތަކެއް ނިންމަވައިފި ކަމަށް ރައީސް އޮފީހުން ބުނެފިފއެވެ.

ރައީސް އޮފީހުން ބުނީ، މި ގޮތުން ނިންމެވިކަންކަމުގެ ތެރޭގައި ދައުލަތަށް ލިބޭ އާމްދަނީން މި ފައިސާ ދައްކާ ޚަލާސްކުރުން ހިމެނޭ ކަމަށެވެ.

މިގޮތުން ކޮންމެ މަހަކު ވެންޑަރުންނަށް ދެއްކުމަށް ކަނޑައެޅޭ ފައިސާގެ އަދަދަށް ބަލައި، އެންމެ ގިނަ ދުވަސްވީ ބިލުތަކުގެ ތަރުތީބުން، ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ފައިސާ ދެއްކުމުގެ ކަންކަން ކުރިއަށް ގެންދިއުމަށާއި، ކަނޑައެޅޭ ވަކި މިންވަރަކަށްވުރެދަށުގެ ބިލުތަކަށް ފައިސާ ދައްކާނެ އަދަދެއް ކަނޑައަޅައި، ދެބައި ވަކިން ބެލެހެއްޓުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެއިތުރުން ދައުލަތުން ނުދެއްކި ހުރި ފައިސާގެ ބަދަލުގައި ސަރުކާރުން ހުށަހަޅާ ގޮތްތަކުގެ ތެރޭގައި:

ވެންޑަރުންނަށް އިތުރު އާމްދަނީއެއް ލިބޭނެ ފަދަ ޓީ-ބޮންޑަކަށް އެ ފައިސާ ބަދަލުކުރުމުގެ ފުރުސަތު ދިނުން،

Advertisement

ބިމެއް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ދެވޭނެ އިންތިޒާމު ހަމަޖެއްސެން،

ވިޔަފާރިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ (ޚާއްޞަކޮށް މީރާއަށް ޓެކުހުގެ ގޮތުގައި ދައްކަންޖޭ ފައިސާ)، އިން އޮފްސެޓް ކުރުން،

މީގެ އިތުރުން އެކިއެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް، ކަމާބެހޭ ފަރާތްތައް ހިމެނޭ ގޮތަށް ޓާސްކްފޯހެއް އެކުލަވައިލުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށާއި، އެ ފައިސާ ހޯދުމުގެ މަސައްކަތް ޚާއްޞަ އިސްކަމެއް ދީގެން ކުރުމާއި، މިނިސްޓްރީ އޮފް ފިނޭންސުން ހުށަހަޅާފައިވާ ލޯނު އޮޕްޝަންތަކުގެ އިތުރަށްވެސް ކުރު މުއްދަތެއްގެ ތެރޭގައި ލޯނު ލިބޭނެ އިތުރު އޮޕްޝަންތައް ބަލައި އެކަމަށް މަސައްކަތްކުރުމަށް ނިންމަވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ އާދިއްތަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ބާޒާރު ހަރުދަނާކޮށް، ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް މިހާރުން މިހާރަށް އިތުރުކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށްވެސް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަވަންޖެހޭ ބަދަލުތައް ގެނައުމަށްފަހު، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ރާއްޖެއަށް އެތެރެކުރާ މުދަލުން ނަގާ އިމްޕޯޓް ޑިއުޓީ، އެމެރިކާ ޑޮލަރުން ނަގަން ފެށުމަށްވަނީ ނިންމާފައިވާ ކަމަށާއި، އަދި ބޭރު ފައިސާއިން ދޭ އުޖޫރައިން، ޕެންޝަން ކޮންޓްރިބިއުޝަން، އެމެރިކާ ޑޮލަރުން ނަގަން ފެށުމާއި ބޭރު ފައިސާއިން އާމްދަނީ ލިބޭ ކުންފުނިތަކުގެ ކޯޕަރޭޓް އިންކަމް ޓެކްސް، އެމެރިކާ ޑޮލަރުން ދައްކާ ގޮތަށް ބަދަލު ކުރުމަށްވެސް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ހާމަ ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް