ކުއްލި ގޮތަކަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ އިސް އޮފިސަރަކު ސަސްޕެންޑް ކޮށްފި އެވެ.
"ރާއްޖެއެމްވީ"އަށް އިތުބާރުހުރި ފަރާތަކުން މައުލޫމާތު ދިން ގޮތުގައި ސަސްޕެންޑް ކޮށްފައި ވަނީ ކަރެކްޝަންސްގައި ވަޒީފާ އަދާކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ އިސް އޮފިސަރެއް ކަމަށްވާ ސުޕްރިންޓެންޑެންޓް މުހައްމަދު އާސިފް އެވެ.
ހުޅުމާލޭގެ ޑިޓެންޝަންސް ސެންޓަރާ ހަވާލުވެވަޑައިގެންނެވެ. އެނގިފައިވާ ގޮތުގައި އާސިފް ހުންނެވީ
އާސިފް ސަސްޕެންޑްކޮށްފައިވާކަން ކަރެކްޝަނުން އަދި ކަމާބެހޭ އެއްވެސް އިދާރާއަކުން ހާމަކޮށްފަ އެއް ނުވެއެވެ.
އެމްސީއެސްގައި މަސައްކަތް ކުރާތާ 10 ވެފައިވާ އާސިފް ހުޅުމާލެ ޑިޓެންޝަންސް ސެންޓަރާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ހުންނެވީ މާފުށި ޖަލު ބެލެހެއްޓުމުގެ އިސްވެރިޔަކަށެވެ.
އާސިފް ސަސްޕެންޑްކޮށްފައިވާ އިރު ދާދި ފަހުން ހުޅުމާލޭގެ ހުންނަ ކަރެކްޝަންސްގެ ޑިޓެންޝަން ސެންޓަރު ފަސް ބިދޭސީއަކު ވަނީ ފިލާފައެވެ.