Advertisement
ކ. މާލެ
|
25 އޯގަސްޓް 2024 | އާދީއްތަ 16:33
ބީއެމްއެލްގެ ޚިދުމަތް ބޭނުންކުރަނީ
ބީއެމްއެލްގެ ޚިދުމަތް ބޭނުންކުރަނީ
ބީއެމްއެލް
ބީއެމްއެލްގެ ޑޮލަރުގެ މުއާމަލާތް
ބީއެމްއެލްގެ ކާޑު ލިމިޓަށް މިއަދު ގެނައި ބަދަލުތައް މިއަދު އުވާލައިފި
ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭ ލިމިޓްތަކަށް ބަދަލުގެނެސް، އެ ބަދަލުތައް އިއުލާނުކުރީ އާދިއްތަ ދުވަހުގެ ހެނދުނު
މި ބަދަލު ގެނައީ ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީ
ކުއްލި މި ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައި

ބީއެމްއެލްގެ ރުފިޔާ ކާޑުން ކުރެވޭ ޑޮލަރު މުއާމާލާތްތައް ސަސްޕެންޑު ކުރުމަށް ބޭންކުން ކުއްލި ގޮތަކަށް އިއުލާނު ކުރި ނިންމުން އަނެއްކާވެސް ކުއްލި ގޮތަކަށް ބަދަލުކޮށްލައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭ ލިމިޓްތަކަށް ބަދަލުގެނެސް، އެ ބަދަލުތައް އިއުލާނުކުރީ އާދިއްތަ ދުވަހުގެ ހެނދުނުއެވެ. ބޭންކުން މައުލޫމާތު ދިން ގޮތުގައި މި ބަދަލު ގެނެސްފައިވަނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީއެވެ.

ބޭންކުން ކުރިން ގެނައި ބަދަލުތަކަށް ބަލާއިރު، މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތަކާއި، މިއަދުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެކަމަށް ބުނެފައިވެއެވެ.

Advertisement

އަދި މިހާރު ދޫކޮށްފައިވާ ސްޓޭންޑަރޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރުމަށްވެސް ނިންމިއެވެ.

އެ ބަދަލާއެކު ރައްޔިތުން ސޯޝަލް މީޑިއާގައި ސަރުކާރަށް "ކުރުދޮށިން" ދީފައިވާއިރު، އެތައް ބަޔަކު ވަނީ ސަރުކާރުގެ އިސްތިއުފާއަށްވެސް ގޮވާލާފައެވެ.

އެއާއެކު ދެން ކުއްލި ގޮތަކަށް ފެނިގެން މި ދިޔައީ ބޭންކުން ކުއްލި ބައްދަލުވުމެއް ބޭއްވުމަށްފަހު އެ ނިންމުން އަނެއްކާވެސް ބަދަލުކުރި މަންޒަރެވެ. އެހެންކަމުން އެތައް ބަޔަކު ގެންދަނީ ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތީތޯ ސުވާލު އުފައްދަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް