Advertisement
ކ. މާލެ
|
25 އޯގަސްޓް 2024 | އާދީއްތަ 14:07
ބީއެމްއެލް އެޕްގެ ފޮޓޯއެއް
ބީއެމްއެލް އެޕްގެ ފޮޓޯއެއް
ބީއެމްއެލް
ބީއެމްއެލް ގެ ފޯން ލައިންތަކަށް ބާރު ބޮޑުވުން
ބީއެމްއެލް ގެ ފޯން ލައިންތަކަށް ބާރު ބޮޑުވެ ގުޅުން ދަތިވެއްޖެ
ބޭންކުން އިރުޝާދު ދީފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މުއާމަލާތް ކުރުމުގެ އިތުރުން، އިންޓަރނެޓް ނުވަތަ މޮބައިލް ބޭންކިންގ މެދުވެރިކޮށް މެސެޖް ކުރުމަށް

ބީއެމްއެލް ގެ ފޯން ލައިންތަކަށް ބާރު ބޮޑުވެ ގުޅުން ދަތިވެއްޖެއެވެ.

ބޭންކުން އާދިއްތަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނީ ކޯލް ސެންޓަރަށް ގުޅުމުގައި ކަސްޓަމަރުންނަށް ދަތިތަކާ ކުރިމަތިވެދާނެ ކަމަށާއި، ވަރަށް ގިނަ ފޯނު ކޯލްތައް ސެންޓަރު ތަކަށް ލިބެމުން އަންނަ ކަމަށެވެ.

ބޭންކުން އިރުޝާދު ދީފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މުއާމަލާތް ކުރުމުގެ އިތުރުން، އިންޓަރނެޓް ނުވަތަ މޮބައިލް ބޭންކިންގ މެދުވެރިކޮށް މެސެޖް ކުރުމަށެވެ.

Advertisement

"ތިޔަ ބޭފުޅުންނަށް އަޅުގަނޑުމެންނާ ސޯޝަލް މީޑިއާ މެދުވެރިކޮށް ގުޅުއްވުމުގެ އިތުރުން، އިންޓަރނެޓް ނުވަތަ މޮބައިލް ބޭންކިންގ މެދުވެރިކޮށް މެސެޖް ކުރެއްވުމުގެ ފުރުޞަތު އޮތްކަން ދަންނަވަމެވެ،" ބޭންކުން ބުނެފައިވެއެވެ.

ރުފިޔާ ކާޑަށް ޑޮލަރު ދޫކުރުން މުޅިން ހުއްޓާލަން އާދިއްތަ ދުވަހު ބޭންކުން ނިންމުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. މި ބަދަލާ އެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކޮށް ވަމުންދާ ގޮތް ސާފު ކުރުމަށް ބޭންކަށް ގުޅަމުން ގެންދިޔުމާ ގުޅިގެން ބޭންކުން ބުނީ ބޭރު ފައިސާގެ މުޢާމަލާތްތަކުގެ ލިމިޓަށް ގެނެވިފައިވާ ބަދަލުތަކާ ބެހޭ އިތުރު މަޢުލޫމާތު ބޭންކުގެ ވެބްސައިޓުން ބައްލަވާލެއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް