ކ. މާލެ
|
14 އޯގަސްޓް 2017 | ހޯމަ 14:19
ރާއްޖެޓީވީ
ރާއްޖެޓީވީ
ރާއްޖެއެމްވީ
ރާއްޖެޓީވީގެ ސްކޮލަޝިޕް
ރާއްޖެޓީވީ އާއި މެޓްރޯޕޮލިޓަން ކޮލެޖް ގުޅިގެން ސްކޮލަޝިޕް ޕްރޮގްރާމެއް ހުޅުވާލައިފި
ސްކޯލާޝިޕަށް ހުށައެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ 19 ވަނަ ދުވަސް

ރާއްޖެޓީވީ އާއި ލަންކާގެ މެޓްރޯޕޮލިޓަން ކޮލެޖް ގުޅިގެން ސްކޮލަޝިޕް ޕްރޮގްރާމެއް ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމުގެ ދަށުން މެޓްރޯޕޮލިޓަން ކޮލެޖްގެ ފުލް ސްކޯލާޝިޕަކާއި 60 ޕަސެންޓް ޑިސްކައުންޓް ލިބޭ ފަސް ސްކޯލަޝިޕް އަދި 30 ޕަސެންޓް ލިބޭ ފަސް ސްކޯލަޝިޕް ވަނީ އިއުލާން ކޮށްފައެވެ.

މި ސްކޯލަޝިޕްތަކަށް ހުށަހެޅުމުގެ ފުރުސަތު ހޯމަދުވަހުން ފެށިގެން ހުޅުވާލާފައިވާއިރު ސްކޯލާޝިޕަށް ހުށައެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ 19 ވަނަ ދުވަހެވެ. ސްކޯލާޝިޕަށް އެދޭ ފޯމު ރާއްޖެޓީވީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

މި ޕްރޮގްރާމުގެ ދަށުން ހުޅުވާލާ ފުރަތަމަ ސްކޯލަޝިޕްތަކުގެ އެއްބަސްވުމުގައި ކޮލަމްބޯގެ މެޓްރޯޕޮލިޓަން ކޮލެޖާއި ރާއްޖެޓީވީއާ ދެމެދު ސޮއިކޮށްފައި ވަނީ 25 ޖުލައި ގައެވެ.

މި އެއްބަސްވުމުގައި ރާއްޖެޓީވީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ހުސެއިން ފިޔާޒް މޫސާއެވެ. މެޓްރޯޕޮލިޓަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖްގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކޯޑިނޭޓަރު ފާތުމަތު ނަފާޝާ އަބްދުﷲ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފްލާގައި ފިޔާޒު ވިދާޅުވީ ޚަބަރާއި މައުލޫމާތު ފެތުރުމުގެ އިތުރުން، މުޖުތަމައަށް ފައިދާހުރި ހިދުމަތްތަކެއް ކޮށްދެއްވުމަކީ ރާއްޖެޓީވީން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށާއި މި ސްކޯލާޝިޕް ޕްރޮގްރާމަކީ ރާއްޖެޓީވީގެ އިޖުތިމާއީ ޒިންމާގެ ތެރެއިން ކުރާ ކަމެއް ކަމަށެވެ.

މެޓްރީޕޮލިޓަން ކޮލެޖްގެ ފަރާތުން ނަފާޝާ ވިދާޅުވީ މިފަދަ މުހިންމު ޕްރޮގްރާމެއް ރާއްޖެޓިވީއާ އެކު ފެށިގެން ދިއުމަކީ އުފަލެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް