ކ. މާލެ
|
14 އޯގަސްޓް 2017 | ހޯމަ 13:19
ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން
ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން
މުހައްމަދު ޝަރުހާން
އަޙުމަދު ފާރިސް މައުމޫން
ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތުގައި ފާރިސްއަށް ދައުވާކުރަން ފޮނުވައިފި
ޝަހުސު އޮޅުވާލުމުގެ ޝަރީއަތެއް ކުރިއަށް އެބަދޭ
މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތު
ފާރިސް މިހާރުވެސް ހުންނެވީ ބަންދުގައި

ރިޝްވަތު ހުށަހެޅުއްވި ކަމަށް ބުނާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނަށް ދައުވާކުރަން ފޮނުވައިފި އެވެ.

މި މައްސަލައާ ގުޅިގެން ޖުލައި 18 ވަނަ ދުވަހު ފާރިސް ހައްޔަރުކޮށްފައިވާއިރު، މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށް ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް މަޖިލިހަށް ހުށަހެޅީ 42 މެންބަރުންގެ ސޮޔާއެކު ކަމަށް، އޭޕްރީލް 17 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމާ ގުޅިގެން، މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް، 42 މެންބަރުންގެ ސޮއި ހޯދުމަށް މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވައި ގާނޫނާ ޚިލާފަށް މަސައްކަތްތަކެއް ކޮށްފައިވާކަމުގެ ތުހުމަތު ފާރިސްގެ މައްޗަށް ކުރެ އެވެ.

އެ މައްސަލައާ ގުޅިގެން ފާރިސްގެ މައްޗަށް ހެކި އެބަހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް، އެހެން ބުނި ފަހުން ޖުލައި 18 ވަނަ ދުވަހު ފުލުހުން ވަނީ ކޯޓް އަމުރެއްގެ  ދަށުން ފާރިސް ދިރިއުޅުއްވާ ގެއަށް ވަދެ ބަލާފާސްކޮށްފަ އެވެ. އެ އަމުރުގައިވާ ގޮތުން އެ ގެ ބަލާފާސްކުރީ މައްސަލައާ ގުޅުންހުރި ހެއްކާއި ގަރީނާ ހޯދުމަށެވެ.

ރިޝްވަތު ހުށަހެޅުއްވި ކަމަށް ބުނެ ފާރިސްގެ މައްޗަށް ދައުވާކުރަން ފޮނުވިއިރު، ޕީޕީއެމްގެ ދިދައާއި ލޯގޯ ހުއްދަނެތި ބޭނުން ކުރެއްވި ކަމަށް ބުނެ ޝަޙްސް އޮޅުވާލުމުގެ ދައުވާކޮށް ޝަރީއަތް ދަނީ ހިންގަމުންނެވެ.

ފާރިސްގެ މައްޗަށް ރިޝްވަތު ހުށަހެޅުއްވި ކަަމަށް ބުނެ ދައުވާކުރަން ފޮނުވިއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އެ ދައުވާކޮށް ޝަރީއަތް ދަނީ ހިންގަމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް