Advertisement
ކ. މާލެ
|
24 އޯގަސްޓް 2024 | ހޮނިހިރު 14:37
ވަޅިން ބިރުދައްކައި ފޭރުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އަންހެން މީހާ
ވަޅިން ބިރުދައްކައި ފޭރުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އަންހެން މީހާ
ޕޮލިސް
ވަޅިން ބިރު ދައްކާ ފޭރުނު މައްސަލަ
ވަޅިން ބިރު ދައްކާ ފޭރުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި
އޭނާ ބަންދުގައި ބަހައްޓަންޖެހެނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ
ކުށަށް އޭނާ ވަނީ އިންކާރުކޮށްފައި
މި އަހަރުގެ މިހާތަނަށް ވައްކަމާއި ފޭރުމުގެ 2620 މައްސަލަ ހުށަހަޅައިފައިވޭ
ޚަބަރުގެ އޯޑިއޯ

މާލެ މަގުމަތިން ވަޅިން ބިރު ދައްކާ ފޭރުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

މިމައްސަލައާ ގުޅިގެން މިމަހުގެ 22 ވީ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ، ބުރުނިއާގެ 26 އަހަރުގެ ޝާނާ މުޙައްމަދު ޖުނައިދެވެ.

ހުކުރު ދުވަހު ކްރިމިނަލް ކޯޓުން އޭނާ 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާ ބަންދުގައި ބަހައްޓަންޖެހެނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށެވެ.

ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ބަންދުގެ އަމުރުކޮށްފައި ވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ފޭރުނު މައްސަލައިގައެވެ. އެގޮތުން ކުށްކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށާއި، ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓު ހުށަހަޅާފައިވާ ކަމަށެވެ.

Advertisement

ނަމަވެސް އެ ކުށަށް އޭނާ ވަނީ އިންކާރުކޮށްފައެވެ.

ކޯޓުން އޭނާގެ މައްޗަށް އިއްވާފައިވާ އަމުރުގައި ބުނެފައިވަނީ، އެއްވެސް މީހަކަށް މިމައްސަލައާ ގުޅިގެން އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް އިންވެސްޓިގޭޓިވް އޮފިސަރު ބުނެފައިވާ ކަމަށެވެ. އަދި ފޭރުނު ކަމަށް ބުނާ ފޯނު އެހެން މީހަކު އައިސް ފޯނުގެ ވެރިފަރާތަށް ފޯނު ހަވާލުކޮށްފައިވާ ކަމަށް ވެސް އިންވެސްޓިގޭޓިވް އޮފިސަރު ބުނެފައިވާކަން ފާހަގަކޮށްފައިވެއެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މާލެސިޓީގައި ފޭރުމާއިވައްކަމުގެ މައްސަލަތައް އިތުރެވެ. ފުލުހުން އެންމެފަހުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ވައްކަމާއި ފޭރުމުގެ 2620 މައްސަލަ ހުށަހަޅައިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް