ކ. މާލެ
|
14 އޯގަސްޓް 2017 | ހޯމަ 14:26
ޕާކިސްތާން އަދި ދިވެހިރާއްޖެ
ޕާކިސްތާން އަދި ދިވެހިރާއްޖެ
ރައީސް އޮފީސް
ޕާކިސްތާނާއި ރާއްޖެ
ޕާކިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ވިދާޅުވެއްޖެ
ފާހަގަ ކުރަމުން ދަނީ ޕާކިސްތާނުގެ 70 ވަނަ މިނިވަން ދުވަސް

ޕާކިސްތާނުގެ 70 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް މަމްނޫން ޙުސައިނަށާއި، ބޮޑު ވަޒީރު ޝާހިދު ޚަޤާން އައްބާސީއަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ ރައީސަށް ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ޕާކިސްތާނުގެ ރައީސަށާއި، ޕާކިސްތާނުގެ ސަރުކާރަށާއި، ރައްޔިތުންނަށް، މިނިވަން ދުވަހުގެ މުނާސަބަތުގައި، ވަރަށް އިޚްލާޞްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި މަރްޙަބާ ވިދާޅުވެފައި ވެއެވެ.

ރައީސް ޔާމީންގެ މެސެޖުގައި، ރާއްޖެ އާއި، ޕާކިސްތާނާ ދެޤައުމުގެ ދެމެދު އޮތް ގާތް އަޚުވަންތަ ގުޅުން ކުރިއަށް އޮތް ތާނގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައި ވެއެވެ. އަދި ޕާކިސްތާނުގެ ރައްޔިތުންނަށް ފާގަތި، އުފާވެރި މުސްތަޤްބަލަކަށް އެދިވަޑައިގެންނަވާ ކަމަށް ރައީސްގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް