Advertisement
ކ. މާލެ
|
23 އޯގަސްޓް 2024 | ހުކުރު 13:09
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީއެންއެފްގެ ޖަލްސާގެ އޯޑިއަންސްގައި އިންނަވައިގެން ވާހަކަފުޅު ދައްކަވަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީއެންއެފްގެ ޖަލްސާގެ އޯޑިއަންސްގައި އިންނަވައިގެން ވާހަކަފުޅު ދައްކަވަނީ
ތޭރަ އޮންލައިން
އުސްއިމާރާތަކުން މީހަކު ވެއްޓުން
މާލެ ގެެއެއްގެ މަތިން ޒުވާން އަންހެނެއް ވެއްޓުނު މައްސަލަ ތަހުގީގު ކުރުމަށް ކުރީގެ ރައީސް ޔާމީން ގޮވާލައްވައިފި
މ. ހަސޯވާގެ އިމާރާތުން ވެއްޓިފައިވަނީ 25 އަހަރުގެ އަންހެނެއް
އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައި
މިފަދަ މައްސަލަތަކުގައި އަޅާނުލާ ދޫކޮށްލައިގެން ނުވާނެ
ޚަބަރުގެ އޯޑިއޯ

މާލެ ގެެއެއްގެ މަތިން ޒުވާން އަންހެނެއް ވެއްޓުނު މައްސަލަ ތަހުގީގު ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފިއެވެ.

14 އޯގަސްޓް 2024 ވީ ބުދަ ދުވަހުގެ އިރުއޮއްސު ވަގުތު އެމްޕީއެލް ސަރަހައްދުގައި ހުންނަ މ. ހަސޯވާގެ އިމާރާތުން 25 އަހަރުގެ ޒުވާން އަންހެނެއް ވަނީ ވެއްޓިފައެވެ. އޭނާ ވެއްޓިފައިވަނީ 8 ވަނަ ފަންގިފިލާއިން ކަމަށާއި، ވެއްޓި ޖެހިފައިވަނީ އެސަރަހައްދުގައި ޕާކު ކޮށްފައި އޮތް ވެހިކަލެއްގެ ތެރެއަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

Advertisement

މިހާދިސާއާ ގުޅޭގޮތުން ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްއިން ކުރިއަށް ގެންދިޔަ ޖަލްސާގައި އޯޑިއަންސްގައި އިންނަވައި ޔާމީން ވިދާޅުވީ ރައްޔިތުންނަށް އެނގޭ ގޮތަށް، ހާމަކަން ބޮޑު ގޮތެއްގައި މިހާދިސާ ތަހުގީގު ކުރަންޖެހޭ ކަމަށާއި، ބޭރުގެ އެހީ ވެސް ހޯދަންޖެހޭ ކަމަށެވެ. މިފަދަ މައްސަލަތަކުގައި އަޅާނުލާ ދޫކޮށްލައިގެން ނުވާނެ ކަމަށާއި، މިފަދަ އިތުރު ހާދިސާތައް ހިނގައިދިނުމަކީ ދުރު ކަމެއް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ ޒުވާން އަންހެނަކު ހަމަހުރެފައި އުސް އިމާރާތެއްގެ މަތިން ފުންމާނުލާނެ ކަމަށާއި، ނުވެސް ވެއްޓޭނެ ކަމަށެވެ.

މީގެ އިތުރުން ޔާމީން ވިދާޅުވީ މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

މިކުއްޖާ މިއީ ނަފްސާނީ ވާ ކުއްޖެއްތޯ. ނަފްސާނީ ވުމުގެ ފުރުސަތުތަކެއް އެބައޮތްތޯ. ނަފްސާނީ ބޭސް ކައިތޯ. އެވަރުވާ ކަމަށްވަންޏާ އެކުއްޖާ ހުންނާނީ ހަމައެކަނި މަންމަ ކައިރީގައި ބާ އޭ ނޫނީ ބައްޕަގެ ބެލުމުގެ ދަށުގައި ބާއޭ. ދެރަވޭ އާއިލާއެއްގެ ވާހަކަ މިގޮތަށް ދައްކަން ޖެހޭތީ ވެސް އެނގޭތޯ. ނަމަވެސް ގެއްލިގެން މިދިޔައީ އަގުނުކުރެވޭ ފަދަ ފުރާނައެއް ގެއްލިގެން މިދިޔައީ. އަދި އެކުއްޖާއަށް 25 އަހަރު. އެހެންވީމަ އަޅުގަނޑުމެން މިކަމާ ކަންބޮޑުވޭ. ދިވެހިރާއްޖޭގެ އަންހެން ކުދިން އެކަންޏެއް ނޫން. ފިރިހެން ކުދިން ވެސް މިކަހަލަ ސްޓެރެސް ލެވަލްއަކަށް މިކަހަލަ ޑިޕްރެޝަނަކަށް އޭގައި ހައްލެއް ނުހޯދިގެން މައިންބަފައިންނާ އެވާހަކަ ނުދެއްކިގެން ނޫނިއްޔާ އެއްވެސް އޮތޯރިޓީއަކާ އެ ވާހަކަ ނުދެއްކިގެން އަދި މައިންބަފައިންނަށް އެކުއްޖާގެ މިއަމަލުތައް ހުންނަ ގޮތުން އެކުއްޖާއާ ދޭތެރޭގައި ކަމެއް ތުހުމަތު ނުކުރެވޭ ޝައްކަތް ނުކުރެވޭއިރު މިގޮތަށް ފުރާނަތަކެއް ގެއްލިގެންދާތަން ފެނުމަކީ ހިތްދަތިކަމެއް. މިއުފެދެނީ ބޮޑު ބަލި މަޑުކަމެއް. ނަފްސާނީ ބޮޑު ބަލިމަޑުކަމެއް. ހަމަ ފުލުހުން އެންމެ ވަރުގަދައަށް މިމައްސަލަ އެބަ ޖެހޭ ތަހުގީގު ކުރަން އަދި ބޭރުގެ އެހީ ހޯދައިގެން ވެސް މިމައްސަލަ އެބަޖެހޭ ތަހުގީގުކުރަން.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރުމަށް ޔާމީން ގޮވާލެއްވިއިރު، އެ ޒުވާނާ ވެއްޓުނު ދުވަހު ފުލުހުން ބުނެފައިވަނީ މިހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށްއައިރު މިހާދިސާ އާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.

ޕާކު ކޮށްފައި އޮތް ޕިކަޕަކަށް އެޒުވާނާ ވެއްޓިފައިވާތީ އެކަމާ ގުޅޭގޮތުން ވެސް ބައެއް މީހުން ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައިވެއެވެ.

Advertisement

Advertisement
- ކޮމެންޓް
25 އޯގަސްޓް 2024 | އާދީއްތަ 15:48
ޖޭޒްމިން
ތަހުޤީގު ކުރަންވާނެ...ވީގޮތްވެސް ބަލަންވާނެ....މައްސަލައަކީ މިކަލޭގެ ވެރިއަކަށް ހުރިއިރު އަޑި ނޭންގޭ މަރުގެ ހާދިސާތަކެއް ހިނގިކަމާއި އޭގެ ތެރެއިން ބައެއް ކަންކަން އެކަށީގެންވާ ގޮތަކަށް ތަހުގީގު ނުކުރެވުނު ކަމާއި ބައެއް ކަންކަން ފޮރުވަންވެސް އުޅެފަ ހުރިކަމަށް ތުހުމަތު ކުރެވޭކަން... އޭރު ކޮންމެވެސް މިނިސްޓަރެއްގެ ގޭގަ ގެންގުޅުނު ބޭރު މީހަކުވެސް ދަންޖެހިގެން މަރުވިޔޭވެސް ބުނާތީ އަޑުއެހިން... ރަނގަޅު ތަހުގީގެއް ކުރިބާ!