ކ. މާލެ
|
20 އޯގަސްޓް 2024 | އަންގާރަ 15:44
ދިރާގު
ދިރާގު
ދިރާގު ފިންޓެކް ޚިދުމަތް
ދިރާގު ފިންޓެކަށް ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސް ދީފި
ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑުން މިހާރު ދެމުން އަންނަ އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތް ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑްގެ ދަށަށް ބަދަލުކުރެވިގެންދާނެއެވެ
ޚަބަރުގެ އޯޑިއޯ

ދިރާގު ފިންޓެކަށް ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސް ދީފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަންގާރަ ދުވަހު ހާމަކުރި ގޮތުގައި ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑަށް ދިވެހިރާއްޖޭގައި އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ލައިސަންސް ވަނީ ދޫކޮށްފައެވެ.

ލައިސަންސް ދިނީ ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުގެ ދަށުން ކަމަށް އެމްއެމްއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.

މި ލައިސަންސް ދޫކުރުމާ ގުޅިގެން، ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑުން މިހާރު ދެމުން އަންނަ އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތް ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑްގެ ދަށަށް ބަދަލުކުރެވިގެންދާނެ ކަމަށް ވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.

މި ބަދަލާ ގުޅިގެން ކަސްޓަމަރުންނަށް ލިބޭ ޚިދުމަތަށް އަންނާނެ ބަދަލާ ބެހޭ ގޮތުން އެމްއެމްއޭ އިން އެއްޗެއް ބުނެފައެއް ނުވެއެވެ.

ނަމަވެސް މި ބަދަލަކީ ޤައުމުގެ ޕޭމަންޓް ސިސްޓަމް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް