Advertisement
ކ. މާލެ
|
19 އޯގަސްޓް 2024 | ހޯމަ 20:03
ބިދޭސީން ފެންނަ ފޮޓޯއެއް
ބިދޭސީން ފެންނަ ފޮޓޯއެއް
ރާއްޖެއެމްވީ
ވޯކް ޕާމިޓް އާއި ކޯޓާ ފީ ބޮޑު ކުރުން
ކޮންމެ ދޮޅު އަހަރަކުން ވޯކް ޕާމިޓް އާއި ކޯޓާ ފީ ބޮޑު ކުރުމުގެ ބާރު ސަރުކާރަށް ދޭން ފާސް ކޮށްފި
އެއްގައުމަކުން އެންމެ ގިނައިން މަސައްކަތު މީހުން ގެނެވޭނީ އެއްލައްކަ ކަމަށް ކަނޑައަޅާފައި އޮތް އޮތުން ބަދަލުކޮށް އެ އަދަދު ކަނޑައެޅުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ވަނީ ދީފައި
ކޮންމެ 18 މަސް ދުވަހަކުން ސަރުކާރަށް ފީ އަށް ބަދަލު ގެނެވޭނެ

ކޮންމެ ދޮޅު އަހަރަކުން ބިދޭސީންގެ ވޯކް ޕާމިޓް ފީ އާއި ކޯޓާ ފީ ގެ ގޮތުގައި ސަރުކާރަށް ދައްކާ ފައިސާ ގެ އަދަދަށް ބަދަލު ގެނައުމުގެ އިޚްތިޔާރު ސަރުކާރަށް ލިބޭ ގޮތަށް ގާނޫނަށް ގެނައި ބަދަލު ހޯމަ ދުވަހުގެ ޖަލްސާގައި ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މި ބިލު މަޖިލީހުގެ ތަޅުމުން ފާސް ކުރީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ހުށަހެޅި ގޮތައް އެއްވެސް ބަދަލެއް ގެނައުމެއް ނެތިއެވެ.

ބިލް ފާސްވީ ހާޒިރުވި 75 މެމްބަރުން ތެރެއިން 65 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރުމަށް ނުފެންނަކަމަށް ވޯޓު ދެއްވީ އެމްޑީޕީ އަށް ނިސްބަތްވާ 10 މެމްބަރުންނެވެ.

މިހާރު ގާނޫނަށް މި ގެނަދި ބަދަލުގެ ސަބަބުން މަދުވެގެން ކޮންމެ 3 އަހަރަކުން އެއް ފަހަރު، އަދި ގިނަވެގެން 18 މަސްދުވަހުން ބިދޭސީންގެ ވަރކް ޕަރމިޓާއި، ކޯޓާ ފީ ކުރިން ކަނޑަޅާފައި އޮތް ފީގެ މިންވަރަށް ވުރެ 30 އިން ސައްތަ އަށް ވުރެ ބޮޑު ނުވާނެ ގޮތަކަށް ސަރުކާރަށް ބަދަލު ގެނެވޭނެއެވެ.

ހަމައެއާއެކު އެ އިސްލާހުގައިވަނީ، މުސާރަ ނުދިނުމާއި، ބިދޭސީ މަސައްކަތްތެރިޔާ ގެންނަ ވަޒީފާ ނޫން އެހެން ވަޒީފާއެއް އަދާ ކުރުވުމާއި ވަޒީފާ ދޭ ފަރާތުން ފޯރުކޮށްދޭން ޖެހޭ އަސާސީ ކަންކަން ފުރިހަމަ ނުކުރުމާއި ބިދޭސީން ރާއްޖެ ގެނައުމުގައި އެ މީހުން ލައްވާ ގާނޫނާ ޚިލާފު އަމަލުތައް ހިންގާ މީހުންގެ މައުލޫމާތު އާންމު ކުރުމާއި އެ ފަރާތްތައް ބައިލައްކަ ރުފިޔާއިން ޖޫރިމަނާކުރުން ހިމަނާފައެވެ. މީގެ އިތުރުން ބިދޭސީ މަސައްކަތްތެރިންނަށް އިހުމާލުވާ ފަރާތްތަކަށް ބިދޭސީން ގެނައުމުގެ ހުއްދަ ވަކި މުއްދަތަކަށް ދިނުން ހުއްޓާލެވޭނެ ކަމަށް ވެސް މި ގެނައި ބަދަލުގައި ބުނެފައިވެއެވެ.

Advertisement

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ހިމެނިވަޑައިގަންނަވާ މެންބަރުން ވަނީ ބައިލައްކަ ރުފިޔާގެ ޖުރިމަނާ އާ މެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ.

މި ގެނެވުނު ބަދަލުތަކުގެ ތެރޭގައި އެއް ގައުމަކުން އެންމެ ގިނައިން މަސައްކަތްތެރިން ގެނެވޭނީ އެއްލައްކަ ކަމަށް ކަނޑައަޅާފައި އޮތް އޮތުން ބަދަލު ކޮށް އެއް ގައުމަކުން ބިދޭސީން ގެނެވޭނެ އަދަދު ކަނޑައެޅުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭ ގޮތަށް ވެސް ވަނީ ހަދާފައެވެ.

ރާއްޖޭގައި ވަޒީފާ އަދާ ކުރާ ކޮންމެ ބިދޭސީ އަކަށް ކޯޓާ ފީގެ ގޮތުގައި އަހަރަކަށް 2000 ރ ދައްކަށް ޖެހެއެވެ. އޭގެ އިތުރުން ވަރކްޕާމިޓް ފީގެ ގޮތުން މަހަކު 350 ރުފިޔާ ދަކަން ޖެހެހެއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް