Advertisement
ކ. މާލެ
|
17 އޯގަސްޓް 2024 | ހޮނިހިރު 13:10
ޑޮމިނިކަން ރިޕަބްލިކްގެ ރައީސް ލުއިސް ރުޑޮފް އަބިނާދަރ ކޮރޯނާ
ޑޮމިނިކަން ރިޕަބްލިކްގެ ރައީސް ލުއިސް ރުޑޮފް އަބިނާދަރ ކޮރޯނާ
ރައީސް އޮފީސް
ޑޮމިނިކަން ރިޕަބްލިކްގެ ރައީސަށް ތަހުނިޔާ
ރައީސް ޑޮމިނިކަން ރިޕަބްލިކްގެ ރައީސަށް ތަހުނިޔާ ވިދާޅުވެއްޖެ
ރާއްޖެއާ ޑޮމިނިކަން ރިޕަބްލިކާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދުކުރައްވާ
ޑޮމިނިކަން ރިޕަބްލިކްގެ ރައީސަށް ފުރިހަމަ ސިއްހަތަކަށް އެދިވަޑައިގެންފައިވޭ
އެ ގައުމުގެ ރައްޔިތުންނަށް ސުލްޙަވެރިކަމާ ކުރިއެރުމަށް ވެސް އެދިވަޑައިގެންފައިވޭ

ޑޮމިނިކަން ރިޕަބްލިކްގެ ރައީސް ލުއިސް ރުޑޮފް އަބިނާދަރ ކޮރޯނާ ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު، ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސްގެ މެސެޖުގައި ޑޮމިނިކަން ރިޕަބްލިކްގެ ރައީސް ދެވަނަ ފަހަރަށް އެ މަގާމަށް އިންތިޚާބުވެ ވަޑައިގެންނެވުމުން އެގައުމަށް ތަރައްގީއާ ފާގަތިކަން ހޯދައިދިނުމަށް އެމަނިކުފާނުގެ ލީޑަރޝިޕުގެ ދަށުން ކުރައްވާ މަސައްކަތްތަކަށް އެގައުމުގެ ރައްޔިތުން ކުރާ އިތުބާރު ފެނިގެންދާކަން ފާހަގަކުރައްވާފައިވެއެވެ.

Advertisement

ރައީސްގެ މެސެޖުގައި ރާއްޖެއާ ޑޮމިނިކަން ރިޕަބްލިކާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.

ރައީސް ވަނީ ޑޮމިނިކަން ރިޕަބްލިކްގެ ރައީސަށް ފުރިހަމަ ސިއްހަތަކަށް އެދިވަޑައިގެން އަދި އެ ގައުމުގެ ރައްޔިތުންނަށް ސުލްޙަވެރިކަމާ ކުރިއެރުން ލިބިގެންދިއުމަށް އެދިވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް