ފުލަމް 1-0އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން އައު ސީޒަން މޮޅަކުން ފަަށައިފި އެވެ.
މި ސީޒަނުގެ ޕްރެމިއާ ލީގުގެ ފުރަތަމަ މެޗުގައި ރޭ ދަންވަރު ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ހަމައެކަނި ލަނޑު ޖެހީ މެޗު ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ހޯޝުއާ ޒިރްކްޒީ އެވެ. އޭނާ ލަނޑު ޖެހީ މެޗު ނިމެން ތިން މިނިޓަށްވީ ފަހުންނެވެ.
މި މެޗަކީ ފާއިތުވެދިޔަ ދެ އަހަރު ތެރޭގައި ޔުނައިޓެޑް އަވްރަމް ގްލޭޒް ޔުނައިޓެޑްގެ މެޗެއް ބަލަން ދަނޑުގައި އިން ފުރަތަމަ މެޗެވެ. ޔުނައިޓެޑްގ ކުރިން ހިންގަމުން އައި ގްރޭޒާ އާއިލާގެ މެމްބަރުންނާ ދެކޮޅަށް ސަޕޯޓަރުން ހަޅުތާލުކޮށް ނުރުހުން ފާޅުކުރާތީވެ އެ އާއިލާގެ މެމްބަރުން މި ފަހުން މާގިނައިން ދަނޑަށް ނުވަދެ އެވެ. އަވްރަމް ގްލޭޒާ އެންމެ ފަހުން ޔުނައިޓެޑްގެ މެޗެއް ބަލާފައިވަނީ 2022 ވަނަ އަހަރުގެ ސީޒަން ހުޅުވި މެޗުގަ އެވެ.
ޓީމަށް އަލަށް ގެނައި ބަޔާން މިއުނިކްގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ މަޒްރައުއީ ފުރަތަމަ 11ގައި ކުޅުނުއިރު މަތިއަލް ޑިލިޓް ކުޅުނީ ފަހު 10 މިނިޓެވެ. ޑިލިޓަކީ ކޯޗު އެރިކް ޓެންހަގްގެ އިރުޝާދުގެ ދަށުން ނެދަލޭންޑްސްގެ އަޔެކްސް އަށް ވެސް ކުޅުނު ކުޅުންތެރިއެކެވެ.
ކޯޗު ޓެންހަގް މެޗަށް ފަހު ބުނީ ކޮންމެ ސީޒަނެއް ވެސް މޮޅަކުން ފެށުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެ އުސޫލުގެ މަތިން މި ސީޒަނުގެ ފުރަތަމަ މެޗުގައި ތިން ޕޮއިންޓް ލިބުމުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
ޕްރެމިއާ ލީގުގެ ފުރަތަމަ ހަފުތާގެ ބާކީ މެޗުތައް ކުޅޭނީ ހޮނިހިރު އަދި އާދީއްތަގަ އެވެ.