ކ. މާލެ
|
16 އޯގަސްޓް 2024 | ހުކުރު 22:16
ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަ
ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަ
ޕޮލިސް
މޫސުން ގޯސްވުން
ކުރިއަށް އޮތް 24 ގަޑީއިރު އުދައެރުން އެކަށީގެންވޭ، ރާޅުގެ އުސްމިނުގައި 8 ނުވަތަ 11 ފޫޓު ހުންނާނެ: މެޓް އޮފީސް
ވިލާގަނޑުގައި ގަޑިއަކު 50 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ
ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ ޔެލޯ އެލާޓް ނެރެފައި
މިދުވަސްވަރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުން

މުޅި ރާއްޖޭގެ މޫސުން ގޯސްވެފައިވާއިރު، ރާޅުގެ އުސްމިނުގައި 8 ނުވަތަ 11 ފޫޓު ހުންނާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކުރާ ގޮތާ ގުޅޭގޮތުން އެއިދާރާއިން ބުނީ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގަދަވަޔާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 18 މޭލާއި 28 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 8 ނުވަތަ 11 ފޫޓު ހުންނާނެ ކަމަށެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.

މީގެ އިތުރުން އެއިދާރާއިން ވަނީ ހުކުރު ދުވަހުގެ ރޭ 8:00ން 12:00ށް ހއ.އަތޮޅުން ތ.އަތޮޅަށް ޔެލޯ އެލާޓް ނެރިފައެވެ.

ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކަށް ދަނީ އެކިވަރުގެ ގެއްލުންތައް ލިބެމުންނެވެ. އަދި މިދުވަސްވަރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

- ކޮމެންޓް