Advertisement
ކ. މާލެ
|
15 އޯގަސްޓް 2024 | ބުރާސްފަތި 21:03
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އަލީ އިހްސާން ވާހަކަފުޅު ދައްކަވަނީ
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އަލީ އިހްސާން ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
ފޭކް ނަންބަރު ޖަހާފައިވާ އުޅަނދު
ފޭކް ނަންބަރު ޖަހާފައިވާ އުޅަނދުތައް ރަޖިސްޓަރީ ކުރަން ހަ މަސް ދުވަހުގެ މުއްދަތެއް ދެނީ
40 ދުވަސް ތެރޭގައި އެތަކެތި ހުރިތަނުން ނަގާ ޓްރާންސްޕޯޓް މިނިސްޓްރީން ދައްކާ ތާކަށް ގެންގޮސް ބާއްވައިގެން 6 މަސް ދުވަހުގެ ތެރޭގައި ރަނގަޅު ކުރަން ޖެހޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މާލޭ މަގުމަތީގައި ހުރި ފޭކް ނަންބަރު ޖަހާފައިވާ އުޅަނދުތައް ބަހައްޓާފައި ހުރި ތަންތަނުން ނަގާ، ސަރުކާރުން ކަނޑައަޅާ ޒޯނަކަށް ގެންގޮސް 6 މަސް ދުވަސް ތެރޭ އެތަކެތި ރަޖިސްޓްރީ ކުރުމުގެ ކަންކަން ނިންމަން ޖެހޭ ގޮތައް ސަރުކާރުން ހަމަޖައްސައިފި ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

Advertisement

ބުރާސްފަތި ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިހްސާން ވިދާޅުވީ އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފަ ހުރެގެން ޓޯ ކޮށްފަ ހުރި އުޅަނދުތަކާ، ފޭކް ނަންބަރު ޖަހާފަ ހުރި އުޅަނދުތައް ކަނޑައަޅާ ސަރަހައްދަށް 40 ދުވަސް ތެރޭ ގެންގޮސް އެތަނުގަ ބާއްވައިގެން 6 މަސް ދުވަސް ތެރޭ ރަސްމީކޮށް ރަޖިސްޓްރީ ކުރުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

40 ދުވަސް ފަހުން މަގުމަތީގައި ހުންނަ މިފަދަ އުޅަނދުތައް އެ އޮންނަ އުސޫލުގެ މަތިން ޓޯ ކުރަމުން ގެންދާނަން.
މިނިސްޓަރ އިހްސާން

މި ލިބޭ 40 ދުވަސްތެރޭގައި ކަނޑައެޅިފައިވާ ޒޯނަށް އެ ތަކެތި ގެންގޮސް ދެން ލިބޭ 6 މަސް ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކުރުމުގެ ކަންތައް ކުރިއަށް ގެންދަން އެދޭ ކަމަށް އިހްސާން ވިދާޅުވިއެވެ.

އަމިއްލަ މީސް މީހުންގެ ވެހިކަލްތައް އެމީހުންނަށް އެނގުމަކާ ނުލާ ސަރުކާރުން ޓޯ ކޮށްގެން ގެންދާތީ އާއި އެތަކެތި ޓޯ ކުރުމުގައި އުޅަނދުތަކަށް ގެއްލުން ލިބޭ ކަމަށް ބުނެ، ޓްރާންސްޕޯޓް މިނިސްޓަރ އަމީންގެ އިސްތިއުފާ އަށް ގޮވާ މާލޭގައި ވަނީ އުޅަނދުތަކުގެ ވެރި ފަރާތްތަކުން މުޒާހަރާ ވެސް ކޮށްފައެވެ.

ބުރާސްފަތި ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވީ ރަޖިސްޓްރީނުކޮށް އަދި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްގެން މާލެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ހަތަރުފުރޮޅުލީ އުޅަނދު، ޓޯ ކުރުމުގެ ބަދަލުގައި އެ އުޅަނދުތަކުގެ ރަޖިސްޓްރީ ރަނގަޅުކުރަން މުއްދަތެއް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"ރަޖިސްޓްރީ ރަނގަޅުކޮށް އެތަނުން ވެހިކަލް ނަގަންޖެހޭނެ، މި މުއްދަތުގައި އެހެން ޒޯނަކަށް ވެހިކަލް ގެންދިޔުން، ނުވަތަ މާލެ ހިމެނޭ ޒޯނަށް ވެހިކަލް ރަޖިސްޓްރީކުރުން ނުވަތަ ވަގު ރަޖިސްޓްރީތައް ބަދަލުކޮށް، ގަވައިދާ އެއްގޮތަށް ވެހިކަލް ރަޖިސްޓްރީކުރަން ޖެހޭނެ،" ޓްރާންސްޕޯޓް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް