Advertisement
ކ. މާލެ
|
15 އޯގަސްޓް 2024 | ބުރާސްފަތި 14:54
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
ރައްޔިތުންގެ މަޖިލިސް
މަސައްކަތްތެރިންގެ ފުރުސަތުތައް
ދިވެހިންގެ ރާއްޖޭގައި މަސައްކަތްތެރިންނަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްދީފައިނުވޭ: މެންބަރު ޒިޔާދު
ހދ. އަތޮޅުގައި ރިސޯޓެއް ނެތް، އެއީ ކަންބޮޑުވުމެއް
ޑޮލަރު ރޭޓު ދަނީ މަތިވަމުން، އޭގައި ހިފެހެއްޓުމެއް ނެތް
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު ދިވެހި ރުފިޔާއިން 18.30އަށް ވަނީ އުފިލިފައި

ދިވެހިންގެ ރާއްޖޭގައި މަސައްކަތްތެރިންނަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްދީފައިނުވާ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރަމުންވަމުން މެންބަރު ޒިޔާދު ވިދާޅުވީ ރާއްޖެ ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރިއަރައިގެންދާއިރު، ރާއްޖޭގެ ބައެއް އަތޮޅުތަކުގައި ރިސޯޓުތައް ނެތް ކަމަށެވެ. އެގޮތުން ހދ. އަތޮޅުގައި ރިސޯޓެއް ނެތް ކަމަށާއި، އެއީ ކަންބޮޑުވުމެއް ކަމަށް މެންބަރު ޒިޔާރު ވިދާޅުވިއެވެ.

Advertisement

މެންބަރު ޒިޔާދު ވިދާޅުވީ ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހެއް ހުށަހެޅިގެންދާއިރު، ފަތުރުވެރިކަން ތަރައްގީ ނުކުރެވި ހުރި ރަށްތަކާއި، ފަތުރުވެރިކަން އެއްވެސް ގޮތަކަށް ނުގޮސް ހުރި ސަރަހައްދުތައް ކުރިއެރުވުމަށް އިސްކަންދޭނެ ކަމަށް އުންމީދުކުރި ކަމަށެވެ. ނަމަވެސް މިފަހަރު ހުށަހެޅި އިސްލާހުގައި މިފަދަ އެއްވެސް ކަމެއް ފާހަގަކޮށްފައިނުވާތީ އެއީ ކަންބޮޑުވުމެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަމަށް ބަލާނެ ކަމަށް އުންމީދުކުރާ ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.

މި ބިލުގައި މައިގަނޑު ގޮތެއްގައި މިއޮތީ ރިސޯޓު ނުވަތަ ގެސްޓްހައުސް ހަދަން ދީފައި އޮތް ބިމެއްގައި މުއްދަތު އިތުރުކުރާނަމަ އެ އިހުތިޔާރީކަމެއް އެރިސޯޓެއް ނުވަތަ ދީފައި އޮތް ފަރާތަށް މުއްދަތު އިތުރުކުރާނަމަ ކުރިން ދެ އަހަރުގެ ތެރޭގައި ދައްކަންޖެހޭ ފައިސާ ހަމަދުވަހަށް ބަދަލުކުރުން. ކުރުކޮށް ބުނަނީ ކަމަށް ވެއްޖެއްޔާ މި ބިލުގައި މިބުނެދެނީ އެއްފަހަރާ ގިނަ ލާރި ލިބޭނެ ގޮތެއް. މިއީ ގޯސްކަމެއްތޯ ރަނގަޅުކަމެއްތޯ އަޅުގަނޑަކަށް ނޭނގޭ.އަޅުގަނޑު ހިމެނެނީ އެ އަތޮޅެއްގައި ރިސޯޓު ނެތް ކަމަށް މަޝްހޫރު ހދ. އެހެންވީމަ އަޅުގަނޑު އިހުސާސް މީގައި ތަފާތު ވެދާނެ. އަޅުގަނޑު އުންމީދުކުރީ ޓޫރިޒަމް ގާނޫނަށް އިސްލާހެއް އަންނައިރުގައި އެންމެ ބޮޑަށް އިސްކަމެއް ދެއްވާނީ ނެހެދި ހުރި ރަށްތައް ހެދުމަށާއި، އަދި ޓޫރިޒަމް އެއްވެސް ގޮތަކަށް ނުގޮސް ހުރި ސަރަހައްދުތަކަށް ފުޅާ ކުރުމަށް ކަމަށް. އެއީ އަޅުގަނޑު އުންމީދު ކޮށްގެން ހުރި ކަންތައް. އަދިވެސް އަޅުގަނޑު މިއުންމީދުކުރަނީ މިހާރު އެހުންނެވި ޒުވާން މިނިސްޓަރުގެ ވިސްނުންފުޅު އެކަން ވަރަށް އަވަހަށް ކުރައްވާނެ ކަމަށް . އަޅުގަނޑުމެންގެ ހިސާބަށް ހދ.އަށް އިރާދަކުރެއްވިއްޔާ ކުރީ ސަރުކާރުން އިންޑިއާގެ ދީލަތި އެހީއާއެކު ބޮޑު ސިންގާ އެއާޕޯޓެއް ހަނިމާދޫގައި އެބަ އެޅިގެންދޭ.އެއީ އޭގެ ފެށުން ކަމަށް ބަލާ މި ހދއަށް ވެސް ޓޫރިޒަމް އަވަސް މުއްދަތެއްގައި ދާނެ ކަމަށް އުންމީދު އަޅުގަނޑުގެ އެބަ އޮތް.
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު

ދިވެހިންގެ ރާއްޖޭގައި މަސައްކަތްތެރިންނަށް ރަނގަޅު ފުރުސަތުތައް ނުދޭކަން ފާހަގަކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ ރަނގަޅުކުރަން ޖެހޭ ކަންކަން ވަރަށް ގިނަ ކަމަށެވެ. އަދި މަސައްކަތްތެރިންގެ ކަންކަން ރަނގަޅު ކުރުމަށް ވެސް ފުރުސަތު ނުލިބުމަކީ ކަންބޮޑުވުމެއް ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު ޒިޔާދު ވިދާޅުވީ ޑޮލަރު ރޭޓު މަތިވަމުންދާ ކަމަށާއި، އޭގައި ހިފެހެއްޓުމެއް ނެތް ކަމަށެވެ. މިއީ ދިވެހިންގެ މުސްތަގުބަލާ ގުޅިފައިވާ ބޮޑު މައްސަލައެއް ކަމަށާއި، ސަރުކާރު މިމައްސަލަ ހައްލު ކޮށްދީފިނަމަ ދިވެހިންގެ މުސްތަގުބަލު ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހިންގެ ރާއްޖޭގައި އަދި އެބަހުރި ރަނގަޅުކުރަންޖެހޭ ވަރަށް ގިނަ ކަންކަން. އެއީ ދިވެހިންގެ ރާއްޖޭގައި އަދި މަސައްކަތް ތެރިންނަށް އެންމެ ރަނގަޅު ފުރުސަތެއް ދެއްވާފައިނެތް. ލިބޭކަށް ވެސް ނެތް. އަދި ދަނީ ނުވަތަށް. ޑޮލަރުގެ އަގު ވެސް އަދި ދަނީ މައްޗަށް ހިފެހެއްޓިފައި އިންނަނީ ނުބައި ތަނެއްގައި ކަމަށް ވެދާނެ. ޑޮލަރަކު ނޫން ހަމަ ގައިމު ވެސް. ޑޮލަރު އެބަ އަރާ މައްޗަށް. މިކަންކަން ރަނގަޅު ކޮށްދެނިކޮށް އަޅުގަނޑަށް ހީވަނީ މުސްތަގުބަލު ރަނގަޅުވާނެ ކަމަށް ދިވެހިންގެ.
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު

މެންބަރު ޒިޔާދު މިމޭރުމުން ވާހަކަދެއްކެވިއިރު، ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު ދިވެހި ރުފިޔާއިން 18.30 އަށް ވަނީ އުފިލިފައެވެ. ޑޮލަރު ވިއްކާ އަގުތައް 18 ރުފިޔާއަށް ވުރެ މައްޗަށް އުފުލިފައިވާތާ ވަނީ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް