Advertisement
ކ. މާލެ
|
14 އޯގަސްޓް 2024 | ބުދަ 19:15
ސުނާމީ ބިނާ ސަރަހައްދު
ސުނާމީ ބިނާ ސަރަހައްދު
ރާއްޖެއެމްވީ
މޫސުން ގޯސްވުން
ރާއްޖޭގެ މޫސުން ގޯސްވެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފި
ޔެލޯ އެލާޓް ނެރިފައިވަނީ ހއ.އަތޮޅުން ފެށިގެން ދ.އަތޮޅަށް
ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ
ރާޅުގެ އުސްމިނުގައި 9 ނުވަތަ 6 ފޫޓު ހުންނާނެ

ރާއްޖޭގެ މޫސުން ގޯސްވެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރިފައިވަނީ ހއ.އަތޮޅުން ފެށިގެން ދ.އަތޮޅަށެވެ. އެއީ ބުދަ ދުވަހުގެ އިރުއޮއްސި 6:00ން ރޭގަނޑު 10:00ށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

Advertisement

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެއިދާރާއިން ބުނެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 9 ނުވަތަ 6 ފޫޓު ހުންނާނެ ކަމަށެވެ. މީގެ އިތުރުން އެއިދާރާއިން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ. އަދި ހުރިހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް