Advertisement
ކ. މާލެ
|
12 އޯގަސްޓް 2024 | ހޯމަ 13:31
ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވާހަކަދައްކަވަނީ
ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވާހަކަދައްކަވަނީ
ރައްޔިތުންގެ މަޖިލިސް
ގުޅީފަޅުން ގޯތި ދޫކުރުން
ގުޅީފަޅުން ބިން ލިބުނު މީހުންނަށް ބިން ހަވާލު ކުރެވޭނެ ވަކި ތާރީޚެއް ނޭނގޭ: މިނިސްޓަރު ހައިދަރު
ކަންމުޑި ޖަހައިގެން ވެސް އެ ކަންމުޑިތައް އެތާ ހުންނާނެ ކަމުގެ ޔަގީން ކަމެއް ނެތް
އެސައިޓު ހުސްކުރެވޭނެ ކަމަށް މައުލޫމާތު ލިބެނީ ސެޕްޓެންބަރު މަހުގެ ތެރޭގައި
ކުރީ ސަރުކާރުގައި ގޯތި ދީފައިވާ ސަރަހައްދު ވަނީ އެޕްރީލް މަހުގެ ތެރޭގައި ހިއްކާ ނިންމާފައި

ގުޅީފަޅުން ބިން ލިބުނު މީހުންނަށް ބިން ވަކިކޮށް ހަވާލު ކުރެވޭނެ ވަކި ތާރީޚެއް ނޭނގޭ ކަމަށް ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ގުޅީފަޅުން ބިން ލިބުނު މީހުންނަށް ބިން ވަކިކޮށް ހަވާލު ކުރެވޭނެ ވަކި ތާރީޚެއް ނޭނގޭ ކަމަށާއި، މިހާރުގެ ހާލަތުގެ ގޮތުން ބިން ކަނޑައަޅާ ކަންމުޑި ޖެހިދާނެ ކަމަށެވެ. ނަމަވެސް ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާތީ ކަންމުޑި ޖަހައިގެން ވެސް އެ ކަންމުޑިތައް އެތާ ހުންނާނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

Advertisement

ގުޅީފަޅުގެ ބިން އެއްކޮށް ހިއްކާ ނުނިމޭކަން ފާހަގަކުރައްވައި މިނިސްޓަރު ހައިދަރު ވިދާޅުވީ ބްރިޖުގެ މަސައްކަތަށް އެސައިޓު ވަރަށް ބޮޑަށް ބޭނުންކުރަމުންދާ ކަމަށެވެ. އަދި އެސައިޓު ހުސްކުރެވޭނެ ކަމަށް މައުލޫމާތު ލިބެނީ ސެޕްޓެންބަރު މަހުގެ ތެރޭގައި ކަމަށެވެ.

އެލްޔޫޕީ ފާސްކޮށް އެލްޔޫޕީއަށް ބޭސްކޮށް އަޅުގަނޑުމެން ސަރވޭކޮށް ބިން ކަނޑައެޅިދާނެ އަޅުގަނޑުމެންނަށް. އެތާގައި ކަންމުޑި ޖަހާގެން ވެސް މިވަގުތަށް ވެސް އެކަންމުޑިތައް އެތާގައި ހުންނާނެ ކަމާމެދު ޔަގީންކަމެއް ނެތީމަ. އެކަންތައް ކުރުމަކީ އަލުން ހަމަ އެކަންތައް އަނެއްކާ އިތުރު ހަރަދުތަކެއް ކޮށްގެން ކުރަންޖެހޭ ކަމަކަށްވާތީ. އެކަންތައް ކުރުމަށް މިވަގުތު އެތަން އެކަށީގެން ނުވާ ކަމަކަށްވަނީ ބްރިޖު ސައިޓުގެ މަސައްކަތްތައް އެތާގައި ކުރިއަށްދާތީ
ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު

ގުޅީފަޅު ހިއްކާ ނުނިމޭ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއިރު، އެ ސަރަހައްދަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު ގުޅީފަޅަށް އިތުރުކުރަން ނިންމި ސަރަހައްދެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ގޯތި ދީފައިވާ ސަރަހައްދު ވަނީ އެޕްރީލް މަހުގެ ތެރޭގައި ހިއްކާ ނިންމާފައެވެ.

ގޯތި ދޫކުރުން މިސަރުކާރުން ލަސްކުރަމުންދާތީ ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ދަނީ ކަންބޮޑުވުންފާޅުކޮށް ސިލްސިލާ މުޒާހަރާތައް ވެސް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް