Advertisement
ކ. މާލެ
|
7 އޯގަސްޓް 2024 | ބުދަ 18:42
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބީއެމްއެލް
ބީއެމްއެލްގެ ޚިދުމަތް
ބީއެމްއެލްގެ ޚިދުމަތް ގިނައިރުތަކެއް ވަންދެން މެދުކެނޑިފައި އޮތުމަށްފަހު އަލުން ޚިދުމަތް ލިބިއްޖެ
ބީއެމްއެލްގެ ޚިދުމަތްތައް ލިބެން ފަށާފައިވަނީ ބުދަ ދުވަހުގެ މެންދުރުފަހު 2:10 ހާއިރު
މިހާރު ގިނަ ބަޔަކު މާލީ މުއާމަލާތްތައް ކުރަމުން އަންނަނީ އޮންލައިންކޮށް
ގިނަ ބައެއްގެ ފާޑުކިޔުން ބީއެމްއެލްއަށް ވަނީ އަމާޒުވެފައި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޚިދުމަތް ގިނައިރުތަކެއް ވަންދެން މެދުކެނޑިފައި އޮތުމަށްފަހު އަލުން ޚިދުމަތް ލިބިއްޖެއެވެ.

ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ބީއެމްއެލްގެ ޚިދުމަތްތަކަށް ވަނީ ބުރޫއަރާފައެވެ. ބީއެމްއެލުން އެކްސްގައި ބުނެފައިވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެޕާއި އިންޓަނެޓް ބޭންކިން ބުރޫ އަރާފައިވާ ކަމަށެވެ.

ބީއެމްއެލްގެ ޚިދުމަތްތައް ލިބެން ފަށާފައިވަނީ ބުދަ ދުވަހުގެ މެންދުރުފަހު 2:10 ހާއިރުއެވެ.

Advertisement

ޚިދުމަތަށް ބުރޫއެރުމާ ގުޅިގެން ކަސްޓަމަރުންގެ ކިބައިން ބީއެމްއެލުން މައާފަށް އެދިފައިވެއެވެ.

މިހާރު ގިނަ ބަޔަކު މާލީ މުއާމަލާތްތައް ކުރަމުން އަންނަނީ އޮންލައިންކޮށެވެ. 8 ގަޑިއިރު ބީއެމްއެލްގެ ޚިދުމަތް މެދުކެނޑިގެން ދިއުމާ ގުޅިގެން އާއްމުންނަށް ވަނީ ދަތިތައް ކުރިމަތިވެފައެވެ. މިފަހަކަށް އައިސް ބީއެމްއެލްގެ ޚިދުމަތްތަކަށް ބޫރޫއަރާކަން ފާހަގަކޮށް ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ދަނީ ބީއެމްއެލްއަށް ފާޑުކިޔަމުންނެވެ. ނަމަވެސް ބީއެމްއެލުން ބުނެފައިވަނީ ކަސްޓަމަރުންގެ އިތުބާރު ދަމަހައްޓާނެ ކަމަށާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް