Advertisement
ކ. މާލެ
|
4 އޯގަސްޓް 2024 | އާދީއްތަ 17:06
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް
ރާއްޖެއެމްވީ
މާރާމާރީ ހިންގުން
ހަނިމާދޫ އެއާޕޯޓުގައި މާރާމާރީ ހިންގި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި
މި މާރާމާރީ ހިންގާފައިވަނީ މިމަހުގެ 2 ވީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި
ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާއިރު، އެކަކަށް އަނިޔާވެފައިވޭ
ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ 39 އަހަރުގެ އިންޑިއާ ފިރިހެނެއް

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފެއްގެ މެދުގައި ހިންގި މާރާމާރީގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

އާދިއްތަ ދުވަހު ފުލުހުން ބުނީ މާރާމާރީ ހިންގާފައިވަނީ ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކުންފުނީގެ ދެ މުވައްޒަފުންގެ މެދުގައި ކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement

މި މާރާމާރީ ހިންގާފައިވަނީ މިމަހުގެ 2 ވީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާއިރު، އެކަކަށް އަނިޔާވެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 37 އަހަރުގެ އިންޑިއާ ފިރިހެނަކަށެވެ. ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ 39 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. އަނިޔާވި މީހާ ވަނީ ހަނިމާދޫ ހެލްތު ސެންޓަރުގައި ފަރުވާ ދީފައިވެއެވެ.

ފުލުހުން ދަނީ އިތުރަށް މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް