ކ. މާލެ
|
1 އޯގަސްޓް 2024 | ބުރާސްފަތި 16:33
އީރާނުގައި ބޭއްވި، ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ސިޔާސީ އެންމެ އިސް ލީޑަރ އިސްމާއީލް ހަނިއްޔާ ގެ ކަށު ނަމާދުގެ ތެރެއިން
އީރާނުގައި ބޭއްވި، ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ސިޔާސީ އެންމެ އިސް ލީޑަރ އިސްމާއީލް ހަނިއްޔާ ގެ ކަށު ނަމާދުގެ ތެރެއިން
ތަސްނިމް
އިސްމާއީލް ހަނިއްޔާގެ ކަށު ނަމާދު
އިސްމާއީލް ހަނިއްޔާގެ ކަށު ނަމާދު އިމާމުވެ ކުރެއްވީ އީރާނުގެ އިންގިލާބީ ލީޑަރ އަލީ ޚާމަނާއީ
ކަށު ނަމާދުގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިފައިވެއެވެ.
ޚަބަރުގެ އޯޑިއޯ

ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ސިޔާސީ އެންމެ އިސް ލީޑަރ އިސްމާއީލް ހަނިއްޔާ ގެ ކަށު ނަމާދު އީރާނުގައި ބާއްވައިފިއެވެ.

ބުރާސްފަތި ދުވަހު ތެހެރާން ޔުނިވަރސިޓީގައި އޮތް ހަނިއްޔާ އާއި އޭނާގެ ބޮޑީ ގާޑު ގެ ކަށުނަމާދު އިމާމު ވެ ކުރެއްވީ އީރާނުގެ އިންގިލާބީ ލީޑަރ އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އެވެ.

ކަށު ނަމާދުގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިފައިވެއެވެ.

ހަނިއްޔާ އަވަހާރަ ކޮށްލީ ބުދަ ދުވަހު ތެހެރާނުގައި އެނާ ހުންނެވި އިމާރާތައް އިޒްރޭލުން ދިން ހަމަލާގައެވެ.

ހަނިޔްޔާ ތެހެރާން އަށް ކުރެއްވި ދަތުރުފަކީ އީރާނުގެ އައު ރައީސް މަސްއޫދު ޕެޒެޝްކިއާން ރައީސް ކަމުގެ މަގާމުގެ ހުވައި ކުރެއްވި ރަސްމިއްޔާތަށް ކުރެއްވި ދަތުރެކެވެ.

ހަނިއްޔާ އަވަހާރަ ކޮށްލަން އިޒްރޭލުން ދިން ހަމަލާގެ ތަހުގީގު އީރާނުން ވަނީ ފަށާފައެވެ. ހަމަލާގެ ތަފްސީލް އަދި ހަމާ ކޮށްފައި ނެތަސް، އީރާނުގެ ޕްރެސް ޓީވީ އިން ބުނެފައިވަނީ މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން މިއީ އިޒްރޭލު ސަރުކާރުން ދިން ހަމަލާއެއް ކަމަށާއި އިޒްރޭލުން ހަމަލާ ދިނީ އެމެރިކާގެ ރައީސް ޖޯ ބައިޑްންގެ ފެހި ސިގްނަލް އިޒްރޭލަށް ލިބިގެން ކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް