Advertisement
ކ. މާލެ
|
31 ޖުލައި 2024 | ބުދަ 17:33
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
މަޖިލިސް
ސަރުކާރުން ކައުންސިލް ތަކުގެ ބާރުކަނޑުވާލުން
މުއިއްޒު ސަރުކާރުން އުޅެނީ ކައުންސިލް ތަކާ އަޅައިގަނެގެން: އެމްޑީޕީ ޕީޖީ
އިންތިޚާބުތައް ލަސްކޮށް، ނުބާއްވަން މި ސަރުކާރުން އުޅެނީ ރައްޔިތުންނާ އޮންނަ ގުޅުން ކުޑަކުރުމުގެ އިތުރުން، ކައުންސިލްތަކަކީ ބޭކާރު ތަންތަނުގެ ގޮތުގައި ދެއްކުމަށް
ޚަބަރުގެ އޯޑިއޯ

ރައީސް ޑރ. މުއިއްޒުގެ މުޅި ސަރުކާރުން އުޅެނީ ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ރަށްރަށުގެ ކައުންސިލްތަކާ އަޅައިގަނެގެން، ކައުންސިލްތަކުގެ ބާރު ކަނޑުވާލާ، އެއީ ބޭކާރު، ކަމެއް ނުކުރާ ތަނެއް ކަމަށް ހަދަން ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް އިން ބުނެފިއެވެ.

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީސް ކުރާ ގޭގައި އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ތަރުޖަމާނު އަދި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ކައުންސިލް ތަކުން ހުސްވާ ގޮނޑިތަކުގެ ބައި އިލެކްޝަން ބޭއްވުން ހަމަސް ދުވަހަށް ފަސް ކުރަން ސަރުކާރުން ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައި އޮތް އޮތުމަކީ، ޚަރަދު ކުޑަ ކުރުމުގެ ނަމުގައި، އިންތިޚާބުތައް ނުބާއްވާ، ރައްޔިތުންނާ ސަރުކާރާ އޮންނަ ގުޅުން ކުޑަކޮށް، ކައުންސިލްތަކަކީ ކަމެއް ނުކުރާ ތަންތަނުގެ ގޮތުގައި ދެއްކުން ކަމަށެވެ.

މައުރޫފް ވިދާޅުވީ ބައި-އިލެކްޝަންތައް ބޭއްވުން ފަސް ނުކޮށް ޚަރަދު ކުޑަކޮށް އެކަން ކުރެވޭނެ މަގުތައްވެސް އެބަހުރި ކަމަށެވެ. އެގޮތުން އޭނާ ފާހަގަ ކުރެއްވީ، ބައި އިލެކްޝަން ތަކަކީ އިލެކްޝަން ތަކުގެ ފުރިހަމަ ބޮޑު ދައުރެއް އޮވެގެން ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އޭނާ ވިދާޅުވީ އަތޮޅު ކައުންސިލުގެ ބެލުމުގެ ދަށުން އިންތިޒާމް ކުރާ އެއްޗަކަށް ރަށްރަށުގެ ބައި-އިލެކްޝަން ހެދިދާނެ ކަމަށެވެ. އަދި އެފަދަ އިންތިޚާބުތައް އިލެކްޝަންސް ކޮމިޝަނުން މިހާރު އަދާ ކުރާ ދައުރުގެ ބަދަލުގައި އޮބްޒާވް ކުރާ ތަނެއްގެ ގޮތުގައި ހެދިއްޖެނަމަ ޚަރަދު ކުޑަވެގެންދާނެ ކަމުގައެވެ.

Advertisement

އިންތިޚާބުތައް ލަސްކޮށްގެން އިންތިޚާބުތައް ނުބާއްވަން ސަރުކާރުން މަސައްކަތް ކުރަމުންދާތީ މައުރޫފް ވިދާޅުވީ މި ސަރުކާރަކީ ޑިމޮކްރަޓިކް ޕްރޯސެސް އާ ދުރު އަދި ބީރައްޓެހި ސަރުކާރެއް ކަމަށެވެ.

މައުރޫފް ވިދާޅުވީ، މިކަން ކުރުމުގެ ބޭނުމަކީ، ބާއްވާ ކޮންމެ އިންތިޚާބެއް ސަރުކާރަށް ތާއީދު އޮތް ކަން ދައްކަން ކާމިޔާބު ކުރަން ޖެހޭތީ އާއި އަނެއް ކޮޅުން އެކަމަށް ޕާޓީން ކުރަން ޖެހޭ ޚަރަދު ދުވަހެއް ދުވަހަކަށް ބޮޑުވާތީ ސީދާ ރައީސުލް ޖުމްހޫރިއްޔާ އަންގަވައިގެން އިންތިޚާބުތައް ނުބޭއްވުމަށް ކުރާ ކަމެއް ކަމުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް