ކ. މާލެ
|
28 ޖުލައި 2024 | އާދީއްތަ 16:17
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވާހަކަދައްކަވަނީ
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވާހަކަދައްކަވަނީ
ރައްޔިތުންގެ މަޖިލިސް
ޑެޕިއުޓީ ލީޑަރު ކަމުން ތޯރިގު އިސްތިއުފާ ދެއްވުން
ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ކަމުން މެންބަރު ތޯރިގު އިސްތިއުފާ ދެއްވައިފި
އިސްތިއުފާ ދެއްވީ އާދިއްތަ ދުވަހު
އިސްތިއުފާ ދިނީ މިވަގުތު އަމިއްލަކަންކަން ހުރިގޮތުން އެ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތު ދެވެންނެތުމުގެ ސަބަބުން
މެންބަރު ތޯރިގު ވަނީ 17، 19 ވަނަ މަޖިލީހުގެ ވެސް މަހިބަދޫ ދާއިރާ ތަމްސީލު ކުރައްވާފައި

ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ކަމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) އިސްތިއުފާ ދެއްވައިފި އެވެ.

ރާއްޖެއެމްވީއަށް އޭނާ ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.

އާދިއްތަ ދުވަހު އިސްތިއުފާ ދެއްވުމަށްފަހު ތޯރިގް ވިދާޅުވީ ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުކަމުން އިސްތިއުފާ ދިނީ މިވަގުތު އަމިއްލަކަންކަން ހުރިގޮތުން އެ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތު ދެވެންނެތުމުގެ ސަބަބުން ކަމަށެވެ.

ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމަށް ތޯރިގު އައްޔަން ކުރެއްވީ 22 މެއި 2024 ގައި އެޕާޓީން ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މެންބަރު ތޯރިގު ވަނީ 17، 19 ވަނަ ރައްޔިތުން މަޖިލީހުގެ ވެސް މަހިބަދޫ ދާއިރާ ތަމްސީލު ކުރައްވާފައެވެ.

މީގެ އިތުރުން ތޯރިގްއަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ވެސް އެކިއެކި މަސައްކަތުގައި ހަރަކާތްތެރިވާ ބޭފުޅެކެވެ. މި އަހަރު އެފްއޭއެމްގެ ރައީސް ކަމަށް ވެސް ޓޮމް ކުރިމަތިލެއްވެވިއެވެ.

- ކޮމެންޓް