Advertisement
ކ. މާލެ
|
26 ޖުލައި 2024 | ހުކުރު 11:27
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް
ރައީސް އޮފީސް
މިނިވަން ދުވަސް
ރައްޔިތުންގެ އުއްމީދުތައް ހާސިލްވާނީ މިނިވަންކަން އޮވެގެން: ނައިބު ރައީސް
ރާއްޖޭގެ މިނިވަންކަމަށް ބަޔަކު އަތްގަދަކުރާ ކޮންމެ ފަހަރަކު ހިތްވަރުގަދަ ދިވެހި ދަރީންތަކެއް ނުކުމެ ގައުމު ސަލާމަތްކޮށްދޭ
ރާއްޖެއަކީ މިނިވަންކަމުގެ ދިގު މާޒީއެއް އޮތް ގައުމެއް
މިނިވަންކަމަކީ ގައުމަކަށް ލިބޭނެ އެންމެބޮޑު ނިއުމަތް

ރައްޔިތުންގެ އުންމީދުތައް ހާސިލްވާނީ މިނިވަންކަން އޮވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ

ނައިބު ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 59 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ ވީޑިއޯ މެސެޖެއްގައެވެ.

ނައިބު ރައީސް ވިދާޅުވީ މިނިވަންކަމަކީ ގައުމަކަށް ލިބޭނެ އެންމެބޮޑު ނިއުމަތްކަމަށާއި ގައުމެއްގެ ރައްޔިތުންގެ އުންމީދުތައް ހާސިލްވާނީ ވެސް މިނިވަންކަން އޮވެގެން ކަމަށެވެ. ނައިބު ރައީސް ވިދާޅުވީ ރާއްޖެއަކީ މިނިވަންކަމުގެ ދިގު މާޒީއެއް އޮތް ގައުމެއް ކަމަށާއި، ރާއްޖޭގެ މިނިވަންކަމަށް ބަޔަކު އަތްގަދަކުރާ ކޮންމެ ފަހަރަކު ހިތްވަރުގަދަ ދިވެހި ދަރީންތަކެއް ނުކުމެ ގައުމު ސަލާމަތްކޮށްދޭ ކަމަށެވެ.

Advertisement

ދިވެހި މިނިވަންކަމުގެ ހައްގުގައި ޖިހާދުކުރެއްވި ވަރުގަދަ ބަތަލުންގެ ޒިކުރާ އާކުރައްވައި ކާބަފައިންވީ ގުރުބާނީ ޝުކުރުވެރިކަމާއެކު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ގައުމުގެ މިނިވަންކަމާއި އިސްތިގްލާލް ރައްކާތެރި ކުރުމަށާއި، ގައުމުގެ ސުލްހަވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓެވުމަށް ނައިބު ރައީސް އިލްތިމާސްކުރެއްވިއެވެ.

މިއަދު ދިވެހިރާއްޖޭގައި ފާހަގަކުރަމުންދަނީ 59 ވަނަ މިނިވަން ދުވަހެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް