Advertisement
ކ. މާލެ
|
25 ޖުލައި 2024 | ބުރާސްފަތި 01:47
ސިނަމާލެ ބުރިޖުން ދަތުރު ކުރާ ފަރާތްތަކުގެ އަތުން ފީއެއް ނުނަގާނެ ކަމުގެ ޔަގީންކަން ރިޔާސީ ކެމްޕޭންގެ ދުވަސް ވަރު ރައްޔިތުންނަށް މުއިއްޒު ދެއްވާފައިވޭ
ސިނަމާލެ ބުރިޖުން ދަތުރު ކުރާ ފަރާތްތަކުގެ އަތުން ފީއެއް ނުނަގާނެ ކަމުގެ ޔަގީންކަން ރިޔާސީ ކެމްޕޭންގެ ދުވަސް ވަރު ރައްޔިތުންނަށް މުއިއްޒު ދެއްވާފައިވޭ
އަޝްވާ ފަހީމް
ސިނަމާލެ ބްރިޖުން ފީއެއް ނަގަން ނިންމުން
ވައުދާ ޚިލާފަށް ސިނަމާލެ ބްރިޖުން ދަތުރު ކުރާ ފަރާތްތަކުގެ އަތުން ފީ ނަގަނީ
ފީނަގަން ނިންމި އިރު ޑރ. މުއިއޒު ކެމްޕޭން ގައި ވިދާޅުވީ ފީ ނުނަގާނެ ކަމަށް
އޮގަސްޓް މަހު ފީގެ ކަންކަން ތަންފީޒް ކުރާނެ ގޮތުގެ ދިރާސާ ފަށަން ވަނީ ނިންމާފަ
ފީ ގެ ގޮތުގައި ނަގާނެ ވަރެއް އަދި ހާމަ އެއް ނުކުރޭ
ޚަބަރުގެ އޯޑިއޯ

ސިނަމާލެ ބްރިޖުން ދަތުރުކުރާ ފަރާތްތަކުގެ އަތުން ފީ އެއް ނެގުމަށް ސަރުކާރުން ތައްޔާރު ވަމުން ދާ ކަން ހާމަ ކޮށްފިއެވެ.

މިކަން ސަރުކާރުން ހާމަ ކުރީ ބުދަ ދުވަހުގެ ރޭ ރައީސް ޑޮކްޓަރ މުއިއްޒު އިފްތިތާހް ކޮށްދެއްވި މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަ ކުރުމަށް ސަރުކާރުން ރާވާފައިވާ "މާލެ ފަހި" ޕްރޮގްރާމްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމެއްގެ ގޮތުގައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިންތިޒާމް ކުރި މި ރަސްމިއްޔާތުގައި "މާލެފަހި" ޕްރޮގްރާމް އާ ބެހޭ ގޮތުން ދެއްކި ވީޑިއޯގައި ބުނެފައިވަނީ މި ފީ ނަގަން ނިންމީ ބްރިޖް އާއި ހައިވޭ ފަދަ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ ގޮތުން ކަމުގައެވެ.

Advertisement

ސަރުކާރުން މިގޮތައް ނިންމި އިރު ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ސިނަމާލެ ބުރިޖުން ދަތުރު ކުރާ ފަރާތްތަކުގެ އަތުން ފީއެއް ނުނަގާނެ ކަމުގެ ޔަގީންކަން ރިޔާސީ ކެމްޕޭންގެ ދުވަސް ވަރު ދިވެހި ރައްޔިތުންނަށް މިހާރުގެ ރައީސް ޑރ. މުއިއްޒު ދެއްވާފައިވާކަން ފާހަގަ ކުރެވެއެވެ.

"އަޅުގަނޑުމެންގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖު ބޭނުންކުރާ ރައްޔިތުން އަތުން ފީ ނަގަން ނިންމާފައިވާ ކަމަށް ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް. ދޮގު ބުހުތާނު ވާހަކަތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު ޢަމަލެއް،" ހުސްވި އަހަރު އޮގަސްޓް މަހުގެ 29 ގައި އެކްސް ގައި ޑރ. މުއިއްޒު ކުރެއްވި ޕޯސްޓެއްގައިވެއެވެ.

ސަރުކާރުން މިހާރު ނިންމާފައިވަނީ ގުޅުން ހުރި އިދާރާތަކާ މަޝްވަރާ ކުރުމަށް ފަހު ނަގާނެ ފީގެ މިންވަރު ކަނޑައަޅާ، ފީނެގުން ތަންފީޒު ކުރާނެ ނިޒާމެއް ގާއިމް ކުރުމުގެ ދިރާސާތައް އޮގަސްޓް މަހުގެ ތެރޭގައި ފެށުމަށް ކަމަށް ވީޑިއޯގައި ހާމަ ކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް