ކ. މާލެ
|
23 ޖުލައި 2024 | އަންގާރަ 09:55
ޗެލްސީއާ އަލަށް ގުޅުނު ކަލެބް ވިލޭ
ޗެލްސީއާ އަލަށް ގުޅުނު ކަލެބް ވިލޭ
ކަލެބް ވިލޭ ޗެލްސީ އަށް ދިއުން
އެމެރިކާގެ ޒުވާން ޑިފެންޑަރަށް ޗެލްސީން 6 އަހަރުގެ އެއްބަސްވުމެއް!
ޗެލްސީ ޓީމް މިހާރު ތިބީ އެމެރިކާގައެވެ.

އެމެރިކާގެ ޒުވާން ޑިފެންޑަރު ކަލެބް ވިލޭ އަށް ޗެލްސީން 6 އަހަރުގެ އެއްބަސްވުމެއް ދީފިއެވެ.

އެމެރިކާ ޓީމްގެ ވައަތް ފަޅިން ފަހަތަށް ކުޅޭ 19 އަހަރުގެ ޑިފެންޑަރު ވަނީ ޗެލްސީއާއެކު ހަ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ނަމަވެސް އޭނާގެ އަގެއް ކްލަބުން ހާމައެއް ނުކުރެއެވެ. އިނގިރޭސި މީޑިޔާއިން ބުނަނީ އެމެރިކާ ލީގުގައި ކުޅެމުން އައި ޑިފެންޑަރު ޗެލްސީން ގަތީ 11 މިލިއަން ޑޮލަރަށް ކަމަށެވެ. އޭނާ ކުޅެމުން އައީ މޭޖަރ ލީގު ސޮކަރގެ އެޓްލާންޓާ ޔުނައިޓެޑަށެވެ. ކަލެބް ވިލޭ އަކީ އެކްލަބްގެ އެކަޑަމީގެ ތެރެއިން ތަމްރީނުވި ކުޅުންތެރި އެކެވެ. އެމެރިކާ ލީގުގައި ކުޅެން ފެށީ 2022 ވަނަ އަހަރު އެވެ. ލީގު ދޫކޮށްލިއިރު 85 މެޗު ކުޅެ 6 ގޯލް ވަނީ ޖަހައިދީފައެވެ.

އާސީޒަނަށް ތައްޔާރުވާން ޗެލްސީ މިހާރު ވަނީވެސް އެމެރިކާގައެވެ.

- ކޮމެންޓް