ކ. މާލެ
|
20 ޖުލައި 2024 | ހޮނިހިރު 16:21
ޑޮލަރު - މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން
ޑޮލަރު - މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން
ޕޮލިސް
ޑޮލަރު ވިޔަފާރި
ޑޮލަރު ވިޔަފާރި ކުރުމުގައި މަކަރުހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި
މިމައްސަލާގައި ހައްޔަރުކުރީ 46 އަހަރުގެ ދިވެހި ފިރިހެނެއް
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން

ޑޮލަރު ވިޔަފާރި ކުރުމުގައި މަކަރާއި ހީލަތްހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ މަކަރާ ހީލަތުން ޑޮލަރު ވިޔަފާރި ކުރަން އުޅުނު މައްސަލައެއް 17 ޖުލައިގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރަމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޑޮލަރު ވިޔަފާރި ކުރުމުގައި މަކަރާއި ހީލަތްހެދި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާއިރު، މިފަދަ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވެއެވެ. އޭގެ ތެރޭގައި ޑޮލަރުގެ ވަގު ނޫޓު ވިއްކުމުގެ މައްސަލަތައް ވެސް ހިމެނެއެވެ. ރާއްޖެއަށް މިހާރު ވަނީ ޑޮލަރުގެ ތާށިކަން ކުރިމަތިވެފައެވެ. ކަޅު ބާޒާރާގައި ޑޮލަރުގެ ރޭޓްހުރީ 17.50 އާއި 18.10 ދޭތެރޭގައެވެ.


Advertisement
- ކޮމެންޓް