ކ. މާލެ
|
20 ޖުލައި 2024 | ހޮނިހިރު 09:19
އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް
އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް
ރޮއިޓާސް
އިނގިރޭސި ގައުމީ ޓީމަށް ކޯޗެއް
އިނގިރޭސި އެފްއޭއިން ގައުމީ ކޯޗެއް ހޯދަން ޢާއްމުކޮށް އިއުލާނުކޮށްފި
އޮގަސްޓް 2 ގެ ނިޔަލަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އިނގިރޭސި އެފްއޭއިން ގައުމީ ކޯޗެއް ހޯދަން ޢާއްމުކޮށް އިއުލާނުކޮށްފި އެވެ. އިނގިރޭސި އެފްއޭއިން ކޯޗެއް ހޯދަން ޢާއްމުކޮށް ހުޅުވާލިޔަސް, ޝައުގުވެރިވާ ކޯޗުންގެ ލިސްޓެއް ވަނީ އެކުލަވާލާފައެވެ.

އިނގިރޭސި ގައުމީ ޓީމަށް ކޯޗެއް ހޯދަނީ ޔޫރޯ ފައިނަލްގައި ވިދިވިދިގެން ދެވަނަ ފަހަރަށް ބަލިވި މެޗަށްފަހު ސައުތްގޭޓް މަގާމުން އިސްތިއުފާ ދިނުމުންނެވެ. ސައުތްގޭޓް އިސްތިއުފާ ދިނީ ފައިނަލްގައި ސްޕެއިން އަތުން ބަލިވިތާ ތިން ދުވަސް ފަހުންނެވެ. އޭނާ އިސްތިއުފާ ދިނީ 8 އަހަރު އިނގިރޭސި ގައުމީ ޓީމްގެ ހެޑް ކޯޗުކަން ކުރުމަށްފަހު އެވެ. ސައުތްގޭޓް ވަނީ 2018 ވަނަ އަހަރުގެ ވަރލްޑްކަޕްގެ ސެމީ ފައިނަލަށްވެސް އިންގްލެންޑް ގެންގޮސްދީފައެވެ. އެކަމަކު 1966 ވަނަ އަހަރުގެ ފަހުން ބޮޑު މުބާރާތެއްގެ ތަށި ހޯދަން ކުރަމުން އަންނަ މަސައްކަތް ހާސިލްކޮށް ނުދެވުނެވެ.

އިނގިރޭސިން އެފްއޭއިން އެގައުމުގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗުކަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލާފައި ވަނީ އޮގަސްޓް 2 ގެ ނިޔަލަށެވެ. ޢާއްމުކޮށް ފުރުނަތު ހުޅުވާލިއިރު އިނގިރޭސި އެފްއޭއިން އެންމެ ބޮޑަށް ޝައުގުވެރިވަނީ ނިއުކާސަލްގެ ކޯޗު އެޑީ ހޯވް އަށެވެ. އެކަމަކު ނިއުކާސަލް އޮތީ ކޯޗު ދޫކޮށްލާ ގޮތަކަށް ނޫނެވެ. އިނގިރޭސިން ޝައުގުވެރިވާ އެހެން ކޯޗުންގެ ތެރޭގައި ލިވަޕޫލްގެ ކުރީގެ ކޯޗު ކްލޮޕް, ޗެލްސީގެ ކުރީގެ ކޯޗު ގްރަހަމް ޕޮޓާ, ޕޮޗެޓީނޯ އަދި ޓުޗެލް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް