ކ. މާލެ
|
19 ޖުލައި 2024 | ހުކުރު 22:40
ކިޔޯޓޯގެ ކިޔޮމިޒޫ-ޑެރާގައި މީހުން ފޮޓޯ ނަގަން ހުއްޓިގެން
ކިޔޯޓޯގެ ކިޔޮމިޒޫ-ޑެރާގައި މީހުން ފޮޓޯ ނަގަން ހުއްޓިގެން
އޭއެފްޕީ
ޖަޕާނުގެ ފަތުރުވެރިކަން
ޖަޕާނަށް ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފި، ފުރަތަމަ ހަ މަހު 17 މިލިއަނުން މައްޗަށް!
ޖަޕާނުން އާންމު ކުރި ހިސާބުތައް ދައްކާ ގޮތުން އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު 17.78 މިލިއަން ފަތުރުވެރިންނަށް ޖަޕާނުން ވަނީ މަރުހަބާ ކިޔާފައެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޖަޕާނަށް ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކޮށްފި ކަމަށް އެ ގައުމުގެ ނޭޝަނަލް ޓޫރިޒަމް އޮގަނައިޒޭޝަން އިން ބުނެފިއެވެ.

ހުކުރު ދުވަހު ޖަޕާނުން އާންމު ކުރި ހިސާބުތައް ދައްކާ ގޮތުން އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު 17.78 މިލިއަން ފަތުރުވެރިންނަށް ޖަޕާނުން ވަނީ މަރުހަބާ ކިޔާފައެވެ. އެއީ 2019 ވަނަ އަހަރުގެ އެ މުއްދަތުގައި އޮތް ރެކޯޑް އަދަދު ކަމަށްވާ 16.63 މިލިއަން ފަތުރުވެރިންނަށް ވުރެ މިލިއަނެއް މައްޗަށް ގޮސްފައިވާ އަދަދެއްކަން ވަނީ ފާހަގަ ކުރެވިފައެވެ.

ފަތުވެރިކަމުގެ ބޮޑު ކުރިއެރުމެއް ޖަޕާނަށް އައުމުގައި ޔެން ގެ އަގު ދަށްވުމުން ޒިޔާރާތް ކުރާ ފަރާތްތަކަށް ޖަޕާންގެ އަގުތައް ހެޔޮވުން ހިމެނޭ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ޖަޕާނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ދެކުނު ކޮރެއާ އިންނެވެ. އެގައުމުން 4.4 މިލިއަން ފަތުރުވެރިން އައިސްފައި ވާއިރު ދެން އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާ އާއި ތައިވާން އާއި އެމެރިކާއިންނެވެ.

ފަތުރުވެރިކަން ބާރަށް ހިނގައިގަތުމާއެކު މަޑުޖެހިފައި އޮތް ޖަޕާންގެ އިގްތިސާދަށް ފާހަގަ ކުރެވޭ ކުރިއެރުމެއް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

- ކޮމެންޓް