ކ. މާލެ
|
19 ޖުލައި 2024 | ހުކުރު 19:33
ލުބުނާނުގެ ހިޒްބުالله ރެސިސްޓެންސް މޫވްމަންޓުން އަހަރީ ޕެރޭޑެއްގެ ތެރެއިން މިސައިލެއް ހިފައިގެން ދިޔަ ވެހިކަލެއްގައި
ލުބުނާނުގެ ހިޒްބުالله ރެސިސްޓެންސް މޫވްމަންޓުން އަހަރީ ޕެރޭޑެއްގެ ތެރެއިން މިސައިލެއް ހިފައިގެން ދިޔަ ވެހިކަލެއްގައި
އޭއެފްޕީ
ހިޒްބުﷲ އިން އިޒްރޭލަށް ހަމަލާ ދިނުން
ހިޒްބުﷲ އިން އުފެއްދި ބާރުގަދަ ރޮކެޓްގެ ފުރަތަމަ ހަމަލާ އިޒްރޭލަށް ދީފި
މިއީ ގާޒާ އަށް އިޒްރޭލުން ދޭ ހަމަލާތަކަށާއި، ދެކުނު ލުބުނާނަށް އިޒްރޭލުން ބުރާސްފަތި ވިލޭރޭ ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ހިޒްބުﷲ އިން ބުނެފައިވެއެވެ.

ހިޒްބުﷲ އިން އަމިއްލަ އަށް އުފެއްދި ބާރުގަދަ ރޮކެޓްގެ ފުރަތަމަ ހަމަލާ ހުކުރު ދުވަހު އިޒްރޭލުގެ އަސްކަރީ ޕޯސްޓަކަށް ދީފިއެވެ.

ހިޒްބުﷲ އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރުވެއިސަތް އަލް-އަލަމް ގައި ހުރި އިޒްރޭލްގެ އަސްކަރީ އައުޓްޕޯސްޓަކަށް ހަމަލާދީ އެ ތަނުގެ ބައެއް ހަމަލާގައި ހަލާކު ކޮށްލާފައިވާ ކަމަށެވެ. މި ސަރަހައްދަކީ 1948 ގައި އިޒްރޭލުން ހިފައިފައިވާ ފަލަސްތީންގެ ބިމުގެ ބައެއް ކަމަށް ހިޒްބުﷲ އިން ބުނެފައިވެއެވެ.

ހިޒްބުﷲ ގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ހަމަލާ ދިނުމަށް ބޭނުން ކުރި ރޮކެޓަކީ ލުބުނާނުގައި އެ ޖަމާއަތުން އަމިއްލަ އަށް އުފެއްދި ވަބެލް ނަމަކަށް ކިޔާ ރޮކެޓެއް ކަމަށެވެ.

ހިޒްބުﷲ އިން އިތުރަށް ބުނެފައިވަނީ އެ ޖަމާއަތުގެ ހަނގުރާމަވެރިން އިޒްރޭލުން ހިފާފައިވާ އަބިރިމް ގައި ގަވައިދާ ޚިލާފަށް އިޒްރޭލުން ވަޒަން ވެރިވެފައިވާ ސަރަހައްދަކަށް ވެސް އެތައް ރޮކެޓް ހަމަލާއެއް ދީފައިވާ ކަމަށެވެ.

މިއީ ގާޒާ އަށް އިޒްރޭލުން ދޭ ހަމަލާތަކަށާއި، ދެކުނު ލުބުނާނަށް އިޒްރޭލުން ބުރާސްފަތި ވިލޭރޭ ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށްވެސް ހިޒްބުﷲ އިން ބުނެފައިވެއެވެ.

ބުރާސްފަތި ވިލޭރޭ ދިން އިޒްރޭލުގެ ހަމަލާގައި ހިޒްބުﷲ ގެ އިސް ކޮމާންޑަރަކާއި، އިތުރު ހަނގުރާމަވެރިންގެ ބަޔަކު މަރުވެފައިވާ ކަމަށާއި އާންމުންނަށް އަނިޔާ ލިބުނު ކަމަށް ހިޒްބުﷲ އިން ބުނެފައިވެއެވެ.

- ކޮމެންޓް