ކ. މާލެ
|
19 ޖުލައި 2024 | ހުކުރު 13:16
ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމް
ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމް
ފުވައްމުލަކު ސިޓީ ފުޓްސަލް މުބާރާތް
ފުވައްމުލައް ސިޓީ ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ކަން މާލެގަން ސްޕޯރޓްސް ކްލަބް ހޯދައިފި
މޮޅު ކުޅުންތެރިއަކީ އަލީ ޝަމާލް އަބްދުاللهއެވެ.

އެލްމޮބައިލް ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ކަން މާލެގަން ސްޕޯރޓްސް ކްލަބް ހޯދައިފި އެވެ. މާލެގަން ސްޕޯރޓްސް ކްލަބް ޗެމްޕިއަން ކަން ހޯދީ ފައިނަލްގައި 3-0 ން މާދަޑު ސްޕޯރޓްސް ކްލަބް ބަލިކޮށްގެންނެވެ.

ބުރާސްފަތި ދުވަހުގެރޭ ފުވައްމުލައް ސިޓީގައި ކުޅުނު ފައިނަލް މެޗުގައި މާލެގަން ޓީމުން ޖެހި ތިން ލަނޑު ޖެހީ އަލީ ޝަމާލް އަބްދުالله އާއި, މުހައްމަދު އައްޒާމް އާއި, އިސްލާއީމް އަލީފް އަހުމަދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) އެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ ހޯދަޑު ސްޕޯރޓްސް އެކަޑަމީގެ މުހައްމަދު ނާއިޝް އިބްރާހީމް އެވެ. އެންމެ މޮޅު ކޯޗަކީ ޗެމްޕިއަން މާލެގަން ސްޕޯރޓްސް ކްލަބްގެ އަބްދުއްރަފް ޔޫސުފް އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ޗެމްޕިއަން ޓީމްގެ އަލީ ޝަމާލް އަބްދުالله, އަޔާޒު އަހުމަދު, ދަޑިމަގުގެ އަބްދުالله ޝާފިއު, ހޯދަޑު ސްޕޯރޓްސް ކްލަބްގެ އަހުމަދު މާހިން މުޙައްމަދު, އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ. ފުވައްމުލަކު ސިޓީގެ ފުޓްސަލް 'ކިންގް' އަކީ އަލީ ޝަމާލް އަބްދުالله އެވެ.

- ކޮމެންޓް