ކ. މާލެ
|
19 ޖުލައި 2024 | ހުކުރު 13:13
ސަވިންހޯ ސިޓީގައި ބޭނުންކުރާނީ 26 ނަމްބަރު:ފޮޓޯ-ސިޓީ
ސަވިންހޯ ސިޓީގައި ބޭނުންކުރާނީ 26 ނަމްބަރު:ފޮޓޯ-ސިޓީ
ބްރެޒިލްގެ ސަވިންހޯ ސިޓީއަށް
ބްރެޒިލްގެ ޒުވާން ސަވިންހޯގެ ސޮއި ސިޓީން ހޯދައިފި
ސަވިންހޯ ވިދާލީ މިދިޔަ ސީޒަންގައި ޖިރޯނާގައިއެވެ.

ބްރެޒިލްގެ ޒުވާން ސަވިންހޯގެ ސޮއި މެންޗެސްޓަރ ސިޓީން ހޯދައިފި އެވެ. ވަރުގަދަ ސްކޮޑެއް އޮތް މެންޗެސްޓަރ ސިޓީން 20 އަހަރުގެ ވިންގަރ ސޮއިކުރުވީ 2029 ވަނަ އަހަރުގެ ނިޔަލަށެވެ.

ސަވިންހޯ އެންމެ ފަހުން ކުޅުނީ ލަލީގާގެ ޖިރޯނާ އަށެވެ. މިދިޔަ ސީޒަންގައި އެޓީމުން ވަލީ ލީގުގެ ތިންވަނަ ހޯދާފައެވެ. އެކަމަކު ޖިރޯނާ އަށް ސަވިންހޯ ކުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ސަވިންހޯގެ ކްލަބަކީ ފްރެންޗް ލީގުގެ ދެވަނަ ޑިވިޝަންގެ ޓްރޮޔެސް އެވެ. އެކަމަކު ދެ ކްލަބުންވެސް ނިންމަން ޖެހޭ ކަންކަން ފުރިހަމަކޮށް ސަވިންހޯ ވަނީ ސިޓީ އާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެެވެ. އޭނާ ބުނީ ސިޓީއަކީ ދުނިޔޭގެ އެންމެ އެންމެ މޮޅު ކްލަބް ކަމަށާއި, ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެން ކެތްމަދުވެފައި ހުރި ކަމަށެވެ. ސިޓީ އަކީ އޭނާއަށް އެންމެ ރަނގަޅު ކްލަބް ކަމަށް ބުންޏެވެ. އޭނާ ބުނީ ސިޓީގައި ލަނޑު ޖަހާ, ލަނޑުޖަހަން އެހީވެދީ, ޓީމަށް އެހީވާން ބޭނުންވާ ކަމަށެވެ.

ފްރެންޗް ލީގުގެ ކްލަބަށް ބަދަލުވުމުގެ ކުރިން ސަވިންހޯ ބްރެޒިލްގައި ކުޅުނީ އެތްލެޓިކޯ މިނެއިރޯ އަށެވެ. ފްރެންޗް ލީގަށް ބަދަލުވިޔަސް އޭނާ އެލީގުގައި ނުކުޅެއެވެ. ލޯނު އެއްބަސްވުމެއް ދަށުން ފުރަތަމަ ކުޅުނީ ނެދަލެންޑްސްގައެވެ. އެކަމަކު އެއީވެސް އެންމެ 8 މެޗެވެ. ސަވިންހޯ ވިދާލީ ޖިރޯނާގައެވެ. މިދިޔަ ސީޒަންގައި ޖިރޯނާގައި 11 ގޯލް ޖަހާ 10 ގޯލް ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނެވެ. އެޓީމްގައި ދެއްކި މޮޅު ކުޅުމާއެކު މާޗް މަހު ގައުމީ ޓީމުން ޖާގަ ލިބުނެވެ. އެންމެ ފަހުން ނިމުނު ކޮޕާ އެމެރިކަގައި ކުޅެ އޭނާ ވަނީ ގައުމީ ޓީމަށް ފުރަތަމަ ގޯލްވެސް ޖަހައިދީފައެވެ. އެކަމަކު ސިޓީގައި މިހާރުވެސް ކުރިއަށް ކުޅޭ ކުޅުންތެރިންގެ ވާދަވެރިކަން ބޮޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް