Advertisement
ކ. މާލެ
|
18 ޖުލައި 2024 | ބުރާސްފަތި 21:49
ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމާ ރައްކައުތެރި ކުރުމުގެ ގާނޫނުގެ ދަށުން ހިމާޔަތް ކޮށްފައިވާ ތަންތަނަކީ އެފަދަ ދެވަނަ އެހެން މާހައުލެއް ރާއްޖޭގައި ނެތް ފަދަ މުހިންމު ތަންތަން
ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމާ ރައްކައުތެރި ކުރުމުގެ ގާނޫނުގެ ދަށުން ހިމާޔަތް ކޮށްފައިވާ ތަންތަނަކީ އެފަދަ ދެވަނަ އެހެން މާހައުލެއް ރާއްޖޭގައި ނެތް ފަދަ މުހިންމު ތަންތަން
އެލް މަޔެލް
ހިމާޔަތް ކޮށްފައިވާ ތަންތަން
ތިމާވެށީގެ ގޮތުން ހިމާޔަތް ކޮށްފައިވާ ބައެއް ތަންތަނުގެ ހިމާޔަތް ނިގުޅައިލަނީ
ހިމާޔަތް ކޮށްފައިވާ ސަރަހައްދު ތަކަކީ ދިރޭތަކެތީގެ މުއްސަނދިކަން ބޮޑު ތަންތަން

ތިމާވެށީގެ ގޮތުން ހިމާޔަތް ކޮށްފައިވާ ތަންތަނަށް ގާނޫނީ ގޮތުން ދީފައިވާ ހިމާޔަތް ނިގުޅައި، އެތަންތަން އާއްމު ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ޑރ. މުއިއްޒުގެ ސަރުކާރުން ކުރަމުންދާ ކަމުގެ މައުލޫމާތު މި ނޫހަށް ލިބިއްޖެއެވެ.

Advertisement

މިކަމާބެހޭ ގޮތުން ތިމާވެއްޓާބެހޭ ވުޒާރާގެ ކަމާ ބެހޭ މުވައްޒަފަކާ މި ނޫހުގެ ފަރާތުން ސުވާލު ކުރުމުން، ނަން ހާމަ ނުކުރުމަށް ޝަރުތު ކޮށް އޭނާ ބުނީ އެފަދަ މަޝްވަރާ ތަކެއް ކުރިއަށް ދާ ކަމަށާއި، އެކަމާ ކަންބޮޑުވުންތައް މިނިސްޓްރީގެ ކަމާބެހޭ ފަންނީ މުވައްޒަފުންގެ މެދުގައި ހުރިކަމަށެވެ.

ސްވިމް ވިތު މަންތާ ރޭސް އިން މޯލްޑިވްސް - އެލް މަޔެލް

ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ މުވައްޒަފު ބުނި ގޮތުގައި، އައްޑޫ އީދިގަލި ކިޅި އާއި ކޭލަކުނު ފަދަ ތަންތަން ހިމާޔަތް ކޮށްފައިވަނީ އެތައް ދުވަހެއްގެ ފަންނީ މަސައްކަތްތައް ކޮށް އެތައް މަރުހަލާތަކެއް އެކަމުގައި ކަޑައްތު ކުރުމަށްފަހު ސަރުކާރުގެ ވެރިންނަށް އެތަންތަން ހިމާޔަތް ކުރުމުގެ މުހިންމު ކަން ގަބޫލު ކުރެވިގެން ކަމުގައެވެ.

މިހާރު މި ބުނަނީ އެތަންތަން ނުބެލެހެއްޓޭނޭ، އެއަށްވުރެ އެތަންތަނުގައި އިގްތިސާދީ މަސައްކަތް ކުރަން ދޫކޮށްލުން މާ ރަނގަޅު ވާނޭ
ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ މުވައްޒަފެއް

ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމާ ރައްކައުތެރި ކުރުމުގެ ގާނޫނުގެ ދަށުން ހިމާޔަތް ކޮށްފައިވާ ތަންތަނަކީ އެފަދަ ދެވަނަ އެހެން މާހައުލެއް ރާއްޖޭގައި ނެތް ފަދަ މުހިންމު ތަންތަން ކަމަށާއި އެތަންތަން ހިމާޔަތް ކުރަނީ ދެމެހެއްޓެނިވި ތަރައްގީގެ އަސާސްތަކުގެ މަތިން މިހާރުގެ ދިވެހިންނަށާއި އަންނަން ތިބި ދިވެހިންނަށްވެސް ފައިދާ ހުރި ގޮތަކީ އެއީ ކަމަށް ދެކިގެން ކަމުގައި އޮފިޝަލް ހާމަ ކޮށްފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން މިހާރު ގެންދަނީ ގާނޫނީ ގޮތުން ހިމާޔަތް ކޮށްފައިވާ ތަންތަނުގެ ހައިސިއްޔަތު ނިގުޅައިގަތުމަށް ގާނޫނުން ހޯދެން ހުރި ހައްލުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް