Advertisement
ކ. މާލެ
|
17 ޖުލައި 2024 | ބުދަ 17:46
މާލޭގެ ގެއެއް ބަލައިފާސްކުރަނީ- ފައިލް ފޮޓޯ
މާލޭގެ ގެއެއް ބަލައިފާސްކުރަނީ- ފައިލް ފޮޓޯ
ޕޮލިސް
ޖީނާއީ ކުށްކުރާ ބިދޭސީން
ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ 65 ބިދޭސީންނާއި، ގޭންގް މާރާމާރީ ތަކުގައި ހިމެނޭ 141 ބިދޭސީއަކު ޑިޕޯޓުކޮށްލައިފި
ކަޅު ބާޒާރުގައި ބޭރު ފައިސާ މުއާމަލާތް ކުރަމުންދިޔަ 8 މީހުން ޑީޕޯޓު ކުރެވިފައިވޭ
ވިސާ އަދި ލިޔެކިއުމަށް ބަދަލު ގެނެސްގެން 9 ބިދޭސީއަކު ޑީޕޯޓު ކުރެވިފައިވޭ
ކަޅު ބާޒާރުގައި ފައިސާ މާރުކުރާ މައްސަލާގައި 8 މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވޭ

ފާއިތުވި 8 މަސް ދުވަހުގެ ތެރޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ 65 ބިދޭސީންނާއި ޑްރަގް އަދި ގޭންގް މާރާމާރީތަކުގެ މައްސަލަތަކުގައި ހިމެނޭ 141 ބިދޭސީއަކު ޑިޕޯޓު ކޮށްލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ އިމިގްރޭޝަން އޮފިސަރ މުހައްމަދު ޝިފާން ވިދާޅުވީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންއާ ދެކޮޅަށް ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި ޑިޕޯޓު ކުރެވޭ ބިދޭސީންގެ ތެރޭގައި ޖިނާއީ ކުށްތަކުގައި ހިމެނޭ މީހުން ވެސް ޑީޕޯޓު ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ 65 ބިދޭސީން، ޑްރަގް އަދި ގޭންޖް މާރާމާރީތަކުން މައްސަލަތަކުގައި ހިމެނޭ 141 ބިދޭސީން އަދި އިމިގްރޭޝަންގެ އެކި މައްސަލަތަކުގައި ހޯދާ ފަރާތްތަކުގެ ތެރެއިން 15 ބިދޭސީން ޑީޕޯޓުކޮށްލާފައިވާ ކަމަށެވެ. މީގެ އިތުރުން ވިސާ އަދި ލިޔެކިއުމަށް ބަދަލު ގެނެސްގެން 9 ބިދޭސީއަކު ޑީޕޯޓުކޮށްފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.

Advertisement

މީގެ އިތުރުން ޝިފާން ވަނީ ފާހަގަކުރެވުނު ބައެއް ކޭސްތައް ވެސް ހިއްސާކޮށްދީފައެވެ.

ޝިފާން ވިދާޅުވީ 3 ޖުލައި 2024 ގައި ވިސްޓަރ އެއަރލައިން އިން ބަގްލަދޭޝްގެ 4 މީހުން ރާއްޖެއަށް ޒިޔާރާތް ކުރި ކަމަށާއި، ޕާސްޕޯޓުގައި ނަކަލުކޮށްފައިވާ ސްޓޭންޕް ޖަހާފައިވާ ކަމަށެވެ. ބޮޑަށް ބެލެވެނީ ރާއްޖެ އެތެރެވެފައި ޔޫރަޕްގެ އެހެން ގައުމަކަށް ދާން މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ 4 މީހުން ވެސް ހުއްޓުވާފައިވާ ކަމަށެވެ. ދެވަނަ ކޭސްއަށް އިޝާރާތް ކުރައްވާ ޝިފާން ވިދާޅުވީ ރާއްޖޭގެ އަންހެނަކާ މީގެ ކުރިން ކައިވެނިކޮށްގެން އުޅުނު ބިދޭސީއަކު 2019 އިން ފެށިގެން ފޮނުވާލުމާ ހަމައަށް 23 އަންހެނަކު ރާއްޖެ އެތެރެކޮށް ހަށިވިއްކުމުގެ ވިޔަފާރީގައި ގެންގުޅެފައިވާ ކަމަށެވެ.

އެއީ 3 ޖުލައި 2024 ގައި ވިސްޓާ އެއާލައިނުން ބަގްލަދޭޝްގެ 4 މީހުން ރާއްޖެއަށް ޒިޔާރާތް ކުރި. އެމީހުން ވަނީ ނަކަލުކޮށްފައިވާ ގްރީސް އެގްޓިވް ސްޓޭމްތަކެއް ޕާސްޕޯޓުގައި ޖަހައިގެން ރާއްޖެ އެތެރެވާން މަސައްކަތް ކޮށްފައި. ބޮޑަށް ބެލެވެނީ ރާއްޖެ އެތެރެވެފައި ޔޫރަޕްގެ އެހެން ގައުމަކަށް ދާން މަސައްކަތް ކުރާ ކަމަށް. އެއީ ރާއްޖެއަށް އެތެރެވެއްޖެއްޔާމުން ރާއްޖޭގެ އެންޓްރީ ސްޓޭމްޕް ލިބިއްޖެއްޔާ އެބަ ފަސޭހަވޭ އެހެން ގައުމަކަށް ވަންނަން. އެހެންވީމަ ރާއްޖެ އެބަ ބޭނުންކުރޭ ޓްރާންސިޓް ޑެސްޓިނޭޝަނަކަށް. ކޭސް 2 ގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ނުވަތަ ބިދޭސީން ރާއްޖޭގައި އިމިގްރޭޝަންގެ ގާނޫނާ ހިލާފުވުމުގެ އިތުރުން ބައެއް ކަހަލަ ޖިނާއީ ކަންތައްތަކަށް ކުރަމުން އެބަ ދޭ. އޭގެ ތެރެއިން އެއް ކޭސް މިއީ އެނގޭތޯ. މިމައްސަލާގައި ހިމެނޭ މި ބިދޭސީ ފަރާތަކީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅުނު. އާރިފް ކަމުދާރީ ކިޔާ ބަގްލަދޭޝް ފިރިހެނެއް މީނަ 2019 އިން ފެށިގެން ފޮނުވާލުމާ ހަމައަށް 23 އަންހެނަކު ދިވެހިރާއްޖެ އެތެރެކޮށް ހަށިވިއްކުމުގެ ކަންކަމުގައި ގެންގުޅިފައިވާ ކަމަށް އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތުން ފާހަގަވި. މިހާރު މީނަ ވަނީ ޑީޕޯޓު ކުރެވިފައި.
ޑެޕިއުޓީ އިމިގްރޭޝަން އޮފިސަރ މުހައްމަދު ޝިފާން

ކަޅު ބާޒާރުގައި ފައިސާ މާރުކުރާ ބިދޭސީންނަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނަށް އިޝާރާތް ކުރައްވައި ޝިފާން ވިދާޅުވީ 8 މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށާއި، އޭގެ ތެރެއިން 6 މީހުން ޑީޕޯޓުކޮށްލާފައިވާ ކަމަށެވެ. އަދި ދެން ތިބި މީހުން ވެސް ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް
17 ޖުލައި 2024 | ބުދަ 20:57
މަރްޔަމް
ހެޔޮނުވާނެ އިންޑިޔާ ސިފައިންވެސް އެހާ ސިއްރުން އެއްވެސް މީހަކަށް ނުފެންނަ ގޮތައް ފޮނުވާލީ އަނެއްކާ އަނެއް ބަޔަކު އެހާ ސިއްރުން ފޮނުވާލީ އެއްވެސް ކަމެއް ސިއްރުނުކުރާން ބުނެފަ. ސިއްރު ސިއްރު ސިއްރުން،🫢