ކ. މާލެ
|
16 ޖުލައި 2024 | އަންގާރަ 19:02
އޮމާންގެ ޑޯވްސް، އަދި ކާގޯ ބޯޓުތައް އޮމާންގެ މުސަންދަމް ޕްރޮވިންސްގެ އައްސޭރީގައި އޮންނަ ސްޓްރޭޓް އޮފް ހޮރްމުޒްއާ ދިމާލަށް ދަތުރުކުރަނީ
އޮމާންގެ ޑޯވްސް، އަދި ކާގޯ ބޯޓުތައް އޮމާންގެ މުސަންދަމް ޕްރޮވިންސްގެ އައްސޭރީގައި އޮންނަ ސްޓްރޭޓް އޮފް ހޮރްމުޒްއާ ދިމާލަށް ދަތުރުކުރަނީ
ރޮއިޓާސް
ތެޔޮ ޓޭންކަރެއް އަޑިއަށް ދިއުން
އިންޑިއާ، ލަންކާގެ ކްރޫން ތިބި ތެޔޮ ޓޭންކަރެއް އަޑިއަށް ހިނގައްޖެ
ޓޭންކަރުގައި ތިބި ކަމަށްވަނީ އިންޑިއާގެ 13 ކްރޫންނާއި ލަންކާގެ 3 ކްރޫންނެވެ.

ސޯޅަ ފަޅުވެރިންނާ އެކު އޮމާން އާ ދިމާލުން ދަތުރު ކުރަމުންދިޔަ ތެޔޮ ޓޭންކަރެއް އަޑިއަށް ހިނގައްޖެއެވެ.

ބޯޓުން ދަތުރުކުރި ފަޅުވެރިން ފެނޭތޯ ކުރި މަސައްކަތް ކާމިޔާބު ނުވާކަމަށް އޮމާން ގެ މެރިޓައިމް ސެކިއުރިޓީ ސެންޓަރުން އަންގާރަ ދުވަހު ހާމަ ކުރިއިރު ޓޭންކަރު އަޑިޔަށް ދިޔަ ކަމަށްވަނީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ.

ޕްރިސްޓީޖް ފެލްކަން ނަމަކަށް ކިޔާ މި ޓޭންކަރު ދަތުރުކުރީ ކޮމޮރޯސް ދިދައިގެ ދަށުން ކަމަށާއި، ބޯޓުގައި ތިބީ އިންޑިއާގެ 13 ކްރޫންނާއި، ސްރީލަންކާގެ 3 ކްރޫން ކަމަށް އޮމާން ގެ ރަސްމީ އިދާރާއިން އެކްސް ގައި ހާމަ ކޮށްފައިވާ މައުލޫމާތުގައިވެއެވެ.

ތެޔޮ ޓޭންކަރެއް - ގެޓީ އިމޭޖަސް

ޓޭންކަރު އަޑިޔަށް ދިޔައިރު ދަތުރު ކުރަމުން ދިޔައީ ޔަމަންގެ އަދަން ބަނދަރަށް ދިޔުމަށް ކަމަށާއި ޓޭންކަރު އަޑިޔަށް ދިޔައީ އޮމާންގެ މައި ވިޔަފާރި ބަނދަރު ދުޤުމް އާ ދިމާ ބޭރުން ކަމަށް އޮފިޝަލުން ހާމަ ކޮށްފައިވެއެވެ.

117 މީޓަރު ދިގު މިނުގައި ހުރި މި ޓޭންކަރު ބަނދެފައިވަނީ 2007 ވަނަ އަހަރުއެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މިސައިޒްގެ ޓޭންކަރު ތަކަކީ އާންމު ކޮށް ކުރު ދަތުރު ތަކަށް ބޭނުން ކުރާ އުޅަނދު ފަހަރެވެ.

އޮމާންގެ ކޯސްޓްގާޑުން ފަޅުވެރިން ފެނޭތޯ ހޯދަމުން ދާ ކަމުގައި އޮމާންގެ ދައުލަތުގެ މީޑީއާ އިން ހޯމަ ދުވަހު ބުނެފައިވެއެވެ.

- ކޮމެންޓް