ހިޒްބުﷲ އަކީ ހަނގުރާމައިގެ ބިރު ގަންނަ ބައެއް ނޫން ކަމަށް އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ސައްޔިދު ހަސަން ނަސްރުﷲ ހާމަ ކުރައްވައިފިއެވެ.
އިޒްރޭލުގެ ހަމަލާއެއްގައި މަރުވި ހިޒްބުﷲ ގެ ކޮމާންޑަރެއްގެ ހަނދާނުގައި ލުބުނާނުގެ ބެއިރޫތުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ނަސްރުﷲ ހާމަ ކުރެއްވި ގޮތުގައި މިހާތަނަށްވެސް ދުޝްމަނަށް (އިޒްރޭލަށް) އެކަން އޮންނާނީ ހިޒްބުﷲ އިން އެކަން ސާބިތު ކޮށްދީފައި ކަމުގައެވެ.
މިއީ ލުބްނާން އާ ދެކޮޅަށް އިޒްރޭލުން ހަނގުރާމަ ފަށާނެ ކަމަށް ބުނެ އިޒްރޭލުން ބިރުދައްކަމުންދާ ދިއުމާ ގުޅިގެން އެ ޖަމާއަތުން އިޒްރޭލަށް ދީފައިވާ ރައްދެއްކަމަށް ޚަބަރުތައް ބުނެއެވެ.
އޭގެ އިތުރުން ނަސްރުﷲ ވަނީ އިޒްރޭލްގެ ކެބިނެޓް މިނިސްޓްރ ޔޯވ ގަލަންޓް ހަނގުރާމަ އާ ބެހޭ ގޮތުން ދެއްކެވި ވާހަކަ އަށްވެސް އިޝާރާތް ކުރައްވާ ވާހަކަ ދައްކަވާފައެވެ.
އިޒްރޭލުގެ މިނިސްޓަރ ވިދާޅުވީ، ގާޒާގެ ހަނގުރާމަ ހުއްޓާލިޔަސް އަދި އޭގެ މާނައަކީ ލުބުނާނު ހަނގުރާމަ ހުއްޓާލުން ނޫން ކަމުގައެވެ.
އިޒްރޭލުގެ މިނިސްޓަރ ޔޯވް ގަލަންޓްގެ މި ވާހަކަ އަށް ރައްދު ދެމުން ނަސްރުﷲ ބުނުއްވީ، ދުޝްމަނުން ހަމަލާ އެއް ދީފިނަމަ އެ ހަމަލާ އަކުން ފުރިހަމަ އަށް ދިފާޢު ވުމުގެ އިތުރުން ކަން ބަލަން މަޑުން ނުތިބޭނެ ކަމަށެވެ.
ހިޒްބުﷲ އާ އިޒްރޭލާ ދެމެދުގައި ވާ މަސްރަހް ދުވަހެއް ދުވަހެއް ގޯސް ވަމުން ގޮސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މިހާރުވެސް ދެފަރާތުގެ ދެމެދުގައި ހަމަލާތައް އަންނަނީ ބަދަލު ކުރަމުންނެވެ.