ކ. މާލެ
|
9 ޖުލައި 2024 | އަންގާރަ 17:10
 ހައުސިން މިނިސްޓަރ ޑރ.އަލީ ހައިދަރު
ހައުސިން މިނިސްޓަރ ޑރ.އަލީ ހައިދަރު
ހައުސިންގ މިނިސްޓްރީ
ބިލް ނުދައްކައިގެން ހައުސިންގ މިނިސްޓްރީން ފެން ކަނޑާލައިފި
ފެން ކަނޑާލީ މެންދުރު 12:10 ހާއިރު

ހައުސިންގ މިނިސްޓްރީން ބިލަށް ފައިސާ ނުދައްކައިގެން ފެން ކަނޑާލައިފިއެވެ.

ނަން ނުޖެހުމަށް ޝަރުތު ކޮށް މި ނޫހަށް މައުލޫމާތު ދިން އެމިނިސްޓްރީގެ މުވައްޒަފަކު ބުނީ އެމްޑަބްލިޔު އެސްސީގެ މުވައްޒަފުން އައިސް ފެން ކަނޑާލީ ބުދަދުވަހުގެ މެންދުރު 12:10 ހާއިރު ކަމަށެވެ.

"ފެން ކަނޑާލިކަން އެނގުނީ ބައެއް މުވައްޒަފުން ނަމާދު ކުރުމަށްޓަކައި ވުޟޫ ކުރަން ފެން ނުލިބިގެން ބެލިއިރު،" މިކަން ހިނގި ގޮތް ކިޔައިދެމުން ހައުސިންގ މިނިސްޓްރީގެ އޮފިޝަލް ބުންޏެވެ.

މިކަން ހިނގުމުން މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށް މިނިސްޓްރީގެ ވައިބާ ގްރޫޕްގައި ލިޔެ ސަމާލު ކަމަށް ގެނެސްފައެވެ.

މި ކަމާ ބެހޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް މި ނޫހުގެ ފަރާތުން މިނިސްޓްރީގެ އޮފިޝަލަކަށް ގުޅުމުން އެކަން އެއީ ނުހިނގާ ކަމެއް ކަމަށް ބުނެ ވަނީ އެ ވާހަކަ ދޮގު ކޮށްފައެވެ.

Advertisement

"ތިޔައީ ކަނޑައެޅިގެން ދޮގެއް، ދެންމެ ވެސް ފެން ލިބުނު،" އެކަން ދޮގު ކުރަމުން އޭނާ ބުންޏެވެ.

އޮފިޝަލް އެހެން ބުނިއިރު، ފެން ކަނޑާލުމާ ގުޅިގެން މުވައްޒަފުން ވައިބާ ގްރޫޕްގައި ލިޔެފައިވާ ވާހަކަތަކުގެ ސްކްރީން އިމޭޖެއް މި ނޫހަށް ވަނީ ލިބިފައެވެ.

މެންދުރު ފަހު 1:15 ހާއިރު ދެވަނަ ފަންގިފިލާއިން ފެން ލިބޭކަމަށް ވައިބާ ގްރޫޕް ގައި ބުނެފައި ވާއިރު، އެއްވަނަ ފަންގިފިލާ އަށް އޭރުވެސް ފެން ނުލިބޭކަމުގައި މިނިސްޓްރީގެ ވައިބާރ ގުރޫޕުގައި ލިޔެފައިވެއެވެ.

މުވައްޒަފުންގެ ވައިބާ ގްރޫޕްގައި ދައްކާފައިވާ ވާހަކަ ތަކުން ފެން ކަނޑާލީ ދެ މީޓަރުން އެއްކޮށް ކަމަށްވެސް އެނގެއެވެ.

އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައުސިންގ މިނިސްޓްރީން ފެން ކަނޑާލީ ގިނަ މަސްތަކެއްގެ ފެން ބިލް ނުދައްކާ ހުރުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް