ކ. މާލެ
|
11 އޯގަސްޓް 2017 | ހުކުރު 19:55
ރާއްޖެ އަދި ލަންކާ ބައްދަލުކުރި މެޗަށް ނެރުނު ފުރަތަމަ 11
ރާއްޖެ އަދި ލަންކާ ބައްދަލުކުރި މެޗަށް ނެރުނު ފުރަތަމަ 11
އެފްއޭއެމް
ރާއްޖެއިން ލަންކާ ބަލިކުރުން
އެކުވެރި ކަމުގެ މެޗެއްގައި ޖޫނިއާ ގައުމީ ފުޓުބޯޅަ ޓީމުން ލަންކާ ބަލިކޮށްފި
ލަންކާ އަތުން ރާއްޖެ މޮޅުވީ 0-3 ގެ ނަތީޖާއަކުން

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ސްރީލަންކާގައި ކޭމްޕް ކޮށްފައިވާ ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުން އެކުވެރިކަމުގެ މެޗެއްގައި ސްރީލަންކާ ބަލިކޮށްފި އެވެ.

ހުކުރު ދުވަހު ހަވީރު ކުޅުނު މި މެޗު ސްރީލަންކާގެ 16 އަހަރުން ދަށުގެ ޓީމާ  ވާދަކޮށް ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމު މެޗު ކާމިޔާބު ކުރީ 0-3 ގެ ނަތީޖާ އަކުންނެވެ.

ބީޖީ އަދި ވިކްޓްރީގެ ކުރީގެ ކޯޗު މުހައްމަދު ޝާޒްލީގެ އިރުޝާދުގެ ދަށުން ކުޅުނު މި މެޗުގައި ރާއްޖެއިން 14 ވަނަ މިނެޓުގައި އިބްރާހިމް އިމްރާންގެ ލަނޑުން ލީޑު ނަގާފައިވާއިރު، ދެވަނަ ލަނޑު 72 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އިސްމާއީލް ޔޫހް ރިއްފަތު އެވެ. ރާއްޖެއިން ޖެހި ތިންވަނަ ލަނޑު 78 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އިސްމާއިލް މިމްރާހް އެވެ.

މި މަހު 18 އިން 27 ގެ ނިޔަލަށް ނޭޕާލްގައި ބާއްވާ  ސާފް ޗެމްޕިއަންޝިޕަށް ރާއްޖެ ފުރުމުގެ ކުރިން އިތުރު ރަހްމަތްތެރިކަމުގެ މެޗެއް ލަންކާއާ ދެކޮޅަށް ކުޅުމަށް  ވަނީ ހަމަޖެހިފައެވެ.

މުބާރާތުގައި ރާއްޖެ ހިމެނެނީ ނޭޕާލް އަދި އިންޑިއާއާ އެކު ގްރޫޕް ބީގައެވެ. ގްރޫޕް އޭގައި ހިމެނެނީ ލަންކާ، ބަންގްލަދޭޝް އަދި ބޫޓާން އެވެ.

މި މުބާރާތަށް ފަހު ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމު ދެން ވާދަ ކުރާނީ ސެޕްޓެމްބަރު 16 އިން 29 ގައި ތަޖިކިސްތާންގައި އޮންނަ އޭއެފްސީ 16 އަހަރުންދަށުގެ މުބާރާތުގެ ކޮލިފައިންގައެވެ. މި މުބާރާތުގައި ރާއްޖެ ހިމެނެނީ އޮމާން، ތަޖިކިސްތާން، ސީރިއާ އަދި ތުރުކަމިނިސްތާނާއެކު ގްރޫޕް ބީގައެވެ.

- ކޮމެންޓް
11 އޯގަސްޓް 2017 | ހުކުރު 22:15
ހަސަންބެ.
ފުޓްބޯޅަ ކުރިއަރުވާށޭ ކިޔާފައި މިމީހުން ކުރާކަމެއް ހަމަ އެއްގޮތަކަށް ވެސް މަށަކަށް ނުވިސްނުނު. ލަންކާ އާއި އެކުވެރި ކަމުގެ މެޗެއް ކުޅެގެން ދިވެހި ފުޓްބޯޅައަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތް. ތިޔަމުބާރާތަށް އިންޑިއާ ތައިޔާރުވަނީ ޖަރުމަނުގައި ކޭމްޕްކޮށްގެން. ތިޔަ މުބާރާތް ނިންމާފައި ބައިކޮޅަށް ލަޑު ގޯންޔެއް ޖެހީމާ އައިސް ކޯޗު ބުނާނެ ޒުވާން ކުޅުންތެރިން ނަށް ލިބުނު ވަރަށް ރަގަޅު ތަޖުރިބާ އެކޭ. .. އަބަދުވެސް ޖަސްސާ ސްޓޯރީ އިވޭނޭ މިފަހަރުވެސް. ޖޫނިޔާ ޓީމެއް ދުވަހަކަުވެސް ނެތް އިންޑިޔާ ނޭޕާލްގެ އުމުރުފުރައިގެ ޓީމެއް ބަލިކުރެވިފައި. .