ކ. މާލެ
|
9 ޖުލައި 2024 | އަންގާރަ 07:35
ރަޝިޔާ ޔޫކްރެއިން ހަނގުރާމަ
ރަޝިޔާ ޔޫކްރެއިން ހަނގުރާމަ
ރޮއިޓާސް
ޔޫކްރެއިން ރަޝިޔާ ހަނގުރާމަ
ކިއެވް ގެ ކުޑަކުދިންގެ ހޮސްޕިޓަލަކަށް ރަޝިއާ އިން ހަމަލާ ދީފި
އދ. ގެ އިތުރުން ވިލާތުގެ އިއްތިހާދުންނާއި އެމެރިކާއިން އަދި ހުޅަނގުގެ ގައުމުތަކުން މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި ވެއެވެ.

ޔޫކްރެއިންގެ ވެރިރަށް ކިއެވް ގެ ކުޑަކުދިންގެ ހޮސްޕިޓަލަކަށް ރަޝިއާ އިން ނުރައްކާތެރި ހަމާލާ އެއް ދީފިއެވެ.

ރަޝިއާ އިން ވަނީ ހޯމަ ދުވަހު ޔޫކްރެއިންގެ އެކި ސިޓީތަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައެވެ.

ހޯމަ ދުވަހުގެ ޔޫކްރެއިންގެ އެކި ހިސާބުތަކަށް ދިން ހަމަލާ ތަކުގައި މަދުވެގެން 31 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހޯމަ ދުވަހު ރަޝިއާ އިން ކުޑަކުދިންގެ ހޮސްޕިޓަލަށް ބޮން އެޅި ހާދިސާގައި ހޮސްޕިޓަލުގެ ވަރަށް ބޮޑުބައެއް ހަލާކުވެ އިމާރާތުގެ ދަށުގައި އެތައް ބަޔަކު ތާށިވެފައިވާ ކަމަށް ބެލޭ ކަމުގައި އޭއެފްޕީން ވަނީ ބުނެފައެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ވޮލަންޓިއަރުންނާއި، ޑޮކްޓަރުންނާއި ރެސްކިއު ޓީމުތަކުން އަވަދިނެތި ކުރަމުންދާ ކަމަށްވެސް އޭއެފްޕީން ބުނެފައިވެއެވެ.

މަންޒަރު ދުށް މީހުން ބުނެފައިވާ ގޮތުގައި ހޮސްޕިޓަލަށް ރަޝިއާގެ ފައުޖު ތަކުން ދެ ފަހަރެއްގެ މަތިން ބޮން އަޅާފައިވެއެވެ. ހަމަލާގައި މިހާތަނަށް 4 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕޮލެންޑަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އުޅުއްވަމުން ހޯމަ ދުވަހުގެ ހަމަލާތަކާ ބެހޭ ގޮތުން ޔޫކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ ވިދާޅުވީ، ހޯމަ ދުވަހު އެ ގައުމުގެ އާންމުން ދިރިއުޅޭ އެކި ސަރަހައްދު ތަކަށް ރަޝިއާ ސިފައިން 40 މިސައިލް ހަމަލާ ދީފައިވާ ކަމަށެވެ.

ޒެލެންސްކީ ޕޮލެންޑަށް ކުރައްވާ މި ދަތުރުފުޅަކީ ސަލާމަތީ އެއްބަސްވުމެއްގައި އެ ގައުމާ އެކު ސޮއި ކުރައްވަން ކުރައްވާ ދަތުރުފުޅެއް ކަމަށް ޚަބަރުތައް ބުނެއެވެ.

މި ހަމަލާތަކާ ގުޅިގެން ޕޮލެންޑްގެ ވެރިރަށް ވޯސޯ ގައި ވާހަކަފުޅު ދައްކަވަމުން ޒެލެންސްކީ އެކުވެރި ގައުމުތަކަށް ގޮވާލެއްވީ، ޔޫކްރެއިންގެ އާންމުންނާއި ކުޑަކުދިންނަށް އަމާޒުކޮށް ތަކުރާރު ކޮށް މި ދިން ހަމަލާގެ ބަދަލެއްގެ ގޮތުން ވަރުގަދަ ރައްދެއް ރަޝިއާ އަށް ދިނުމަށެވެ.

ޔޫކްރެއިންގެ ކުޑަކުދިންގެ ހޮސްޕިޓަލަށް ރަޝިއާ އިން މި ދިން ހަމަލާ، އދ ގެ އިތުރުން ވިލާތުގެ އިއްތިހާދުންނާއި، އެމެރިކާ އިން އަދި ހުޅަނގުގެ ގައުމުތަކުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މިނެޓު ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް