ކ. މާލެ
|
9 ޖުލައި 2024 | އަންގާރަ 08:09
(ކ_ވ) ގްރިއެޒްމަން އާއި އެމްބާޕޭ ފްރާންސްގެ ކޯޗާއެކު
(ކ_ވ) ގްރިއެޒްމަން އާއި އެމްބާޕޭ ފްރާންސްގެ ކޯޗާއެކު
ގޫގުލް
ޔޫރޯ 2024
ފާޑުކިޔަސް އެމްބާޕޭ އާއި ގްރިއެޒްމަން ފުރަތަމަ 11ގައި ކުޅޭނެ: ޑެޝޯން
މި ދެ ކުޅުންތެރިން ފުރަތަމަ 11 އަށް އަރުވަންޖެހޭ ފަދަ ކުޅުމެއް މިހާތަނަށް ދައްކާފައިނުވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުން

ކިތަންމެ ވަރަކަށް ފާޑުކިޔަސް އޭނާގެ ކެޕްޓަން ކީލިއަން އެމްބާޕޭ އާއި ފޯވަޑް އެންޓޮއިން ގްރިއެޒްމަން ފްރާންސް ޓީމުގައި މިރޭ ސްޕޭނާ ދެކޮޅަށް ކުޅޭނެ ކަމަށް ކޯޗު ޑިޑިއޭ ޑެޝޯން ބުނެފި އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސްޕޭނާ ދެކޮޅަށް ކުޅޭ މެޗުގައި މި ދެ ކުޅުންތެރިން ފުރަތަމަ 11 އަށް އަރުވަންޖެހޭ ފަދަ ކުޅުމެއް މިހާތަނަށް ދައްކާފައިނުވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ނަމަވެސް ޑެޝޯން ބުނީ ކުޅުންތެރިންނަކީ އަބަދު އެއްގޮތަކަށް ތިބޭނެ ބައެއްނޫން ކަމަށެވެ.

އެންމެނަކީ ވެސް އިންސާނުން. ކިހިނެތް އަބަދު އެންމެން އެއްގޮތަކަށް ތިބޭނީ. ކުޅުންތެރިންނަށް އަންނާނެ ދަށް ދުވަސްކޮޅު ވެސް. މޮޅަށް ކުޅޭ ފަހަރުތައް އަންނާނެ. ރަނގަޅު އަހަރުމެން ކުރިން ދެއްކި ކުޅުމެއްނޫން މި ކުޅެނީ. އެކަމަކު އެންމެ މުހިންމު ކަމަކީ ފްރާންސްގެ އަންހެނުންނާއި ކުޑަކުދިންނާއި ފިރިހެނުންނާއި އެންމެން އުފާކޮށްދިނުން. އަދި އެކަން އެބަކުރެވޭ
ފްރާންސްގެ ކޯޗު ޑެޝޯން
(ކ-ވ) ފްރާންސްގެ ކޯޗު ޑެޝޯން އަދި ގްރިއެޒްމަން އާއި އެމްބާޕޭ - ފޮޓޯ ގޫގުލް

އޭނާ ބުނީ މުބާރާތުގައި މިހާތަނަށް ދެ ފޯވަޑުންނަށް ވެސް އެންމެ މޮޅަށް ނުކުޅެވޭކަން ގަބޫލުކުރާ ކަމަށާއި ނަމަވެސް އެ ދެ ކުޅުންތެރިން މިރޭ ފުރަތަމަ 11ގައި ކުޅޭނެ ކަމަށެވެ. ސަބަބަކީ އޭނާގެ ފުރިހަމަ އިތުބާރު ކުޅުންތެރިންނަށް އޮތުން ކަމަށެވެ.

އަހަރެން އެމީހުންނަށް ފުރިހަމައަށް އިތުބާރު ކުރަން. އެހެންވީމާ އެމީހުން ކުޅޭނެ ޓީމުގައި. އެ ދެ މީހުންނަކީ ވެސް ތަފާތު ދައްކާނެ ދެ ކުޅުންތެރިން. ކީލިއަން އެހުރީ ނޭފަތް ހަލާކުވެފައި. އެކަމަކު އޭނާ ހުރުމުގެ އެޑްވާންޓޭޖް އަހަރުމެންނަށް ލިބޭ
ފްރާންސްގެ ކޯޗު ޑެޝޯން

އޭނާ ބުނީ މުބާރާތުގައި އެންމެ މޮޅު އެޓޭކިން ފުޓްބޯޅަ އެއް ކުޅޭ ޓީމަކީ ސްޕޭން ކަމަށެވެ. މިހެންވެ އެމީހުން ބަލިކުރެވޭނީ ފްރާންސްގެ ފަހަތް ވަރުގަދަކޮށްގެން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް