Advertisement
ކ. މާލެ
|
8 ޖުލައި 2024 | ހޯމަ 23:27
ބޮޑު ފިނޮޅު ސަރުކާރުން ވިއްކާލުމާ ގުޅިގެން ޕެޓިޝަނެއްގައި ސޮއި ކުރަން ފަށުން
ބޮޑު ފިނޮޅު ސަރުކާރުން ވިއްކާލުމާ ގުޅިގެން ޕެޓިޝަނެއްގައި ސޮއި ކުރަން ފަށުން
ޝިފާގް
ބޮޑު ފިނޮޅު
ބޮޑު ފިނޮޅު ސަރުކާރުން ވިއްކާލުމާ ގުޅިގެން ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފި
ހުރިހާ ދިޔަވަރެއްގައިވެސް ބޭނުން ކުރެވޭ އަތޮޅުގައި އޮތް ހަމައެކަނި ފިނޮޅު
ފަތުރުވެރިކަމުގައި މަސައްކަތް ކުރާ ހުރިހާ ފަރާތަކަށް މި ނިންމުމުގެ ސަބަބުން ގެއްލުންވޭ

ވ.ބޮޑު ފިނޮޅު ދިގުމުއްދަތަށް ރިޒޯޓް ހެދުމަށް ކުއްޔަށް ދޫކުރުމާ ގުޅިގެން އެކަން އެގޮތަށް ނުކުރެއްވުމަށް އެދި ވ.އަތޮޅުގެ ހުރިހާ ރަށެއްގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރަމުންދާ ފަރާތްތަކުން ރައީސް ޑރ. މުއިއްޒު އަށް ހުށަހަޅާ ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފިއެވެ.

ވ. އަތޮޅުގެ ހުރިހާ ގެސްޓް ހައުސްތަކާއި، ރިސޯޓް ތަކާއި އަދި އެ ސަރަހައްދަށް ފަތުރުވެރިން ގޮވައިގެން ދަތުރު ކުރާ ސަފާރީ ތަކުންނާއި، އަދި ވ. އަތޮޅުގެ އެކްސްކާޝަންގެ ޚިދުމަތްދޭ ހުރިހާ ފަރާތްތަކުން އާމްދަނީ ހޯދުމަށް ހަމަ އެކަނި ބޭނުން ކުރަމުން އަންނަ ފިނޮޅަކީ އެ ފިނޮޅު ކަމަށް ޕެޓިޝަން ގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ހުރިހާ ދިރަވަރެއްގައިވެސް އެ ފިނޮޅު ނޫން އެހެން އެއްވެސް ފިނޮޅެއް މުޅި ވ. އަތޮޅުގައި ފަތުރުވެރިންނަށް ބޭނުން ކުރެވޭ ހާލަތުގައި ނެތް ކަމަށް ވެސް ޕެޓިޝަން ގައި ވެއެވެ.

Advertisement

"އެހެން ކަމުން މި ފިނޮޅު ރިސޯޓް ހެދުމަށް ދިގުމުއްދަތައް ކުއްޔަށް ދިނުމަކީ، މުޅި ސަރަހައްދުގެ ފަތުރުވެރިކަމުގެ ޚިދުމަތް ދެމުން ގެންދާ ހުރިހާ ވިޔަފާރި ތަކަކަށްވެސް އެކަމުގެ ގެއްލުން އިންތިހާ އަށް ބޮޑު ކަމަކަށް ވީތީ، މި ނޫން މި ބިޑް ކާމިޔާބު ކުރި ފަރާތައް ހަމަ ޖައްސަވައި ދެއްވުން އެދި އާދެހާ އެކު އިލްތިމާސް ކުރަމެވެ،" ޕެޓިންގައި ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު ޕެޓިޝަންގައި މިހާރުވެސް ވަނީ ސޮއި ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް