ކ. މާލެ
|
7 ޖުލައި 2024 | އާދީއްތަ 16:27
ސްވިޒަލެންޑުގެ ކުޅުންތެރިންނާއެކު ޒަކާ (10) އުފާ ފާޅު ކުރަނީ
ސްވިޒަލެންޑުގެ ކުޅުންތެރިންނާއެކު ޒަކާ (10) އުފާ ފާޅު ކުރަނީ
ޓްވިޓަރ
ޔޫރޯ 2024
އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ
އާސެނަލް އަށް ވެސް ކުޅުނު މިޑްފީލްޑަރު ބުނީ އޭނާ އަށް އެންމެ ފުރަތަމަ އަނިޔާވީ އިޓަލީ މެޗުގައި ކަމަށެވެ.

އިންގްލޭންޑާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން ބަލިވި މެޗުގައި ސްވިޒަލޭންޑްގެ ކެޕްޓަން ގްރަނިތް ޒަކާ ކުޅުނީ އަނިޔާވެފައިހުރެ ކަމަށް އޭނާ ބުނެފި އެވެ.

ޖަރުމަނުގެ ބަޔާ ލެވަކޫސަންއަށް ކުޅެމުން އަންނަ މިޑްފީލްޑަރު ބުނީ އަނިޔާގެ ސަބަބުން ރޭގެ މެޗުގައި އޭނާ އަށް ދިގު ބޯޅަތައް ޖެހުމަށާއި ގޯލަށް ޝޫޓް ކުރަން އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ. ކުރިން އިންގްލޭންޑްގެ އާސެނަލް އަށް ވެސް ކުޅުނު މިޑްފީލްޑަރު ބުނީ އޭނާ އަށް އެންމެ ފުރަތަމަ އަނިޔާވީ އިޓަލީ މެޗުގައި ކަމަށެވެ.

އެ މެޗަށް ފަހު އަހަރެން އެކްސްރޭ ނެގިން. އެ އެކްސްރޭއިން ދެއްކީ އަހަރެންނަށް އަނިޔާވެފައިވާކަން. ދެން ރޭ އިންލޭންޑާ ދެކޮޅަށް ކުޅުމުގެ ކުރިން އަހަރެންނަށް ޓީމާއެކު ފަރިތަކުރުމުގެ ހުއްދަ ލިބުނީ ވެސް މެޗުގެ އެއްދުވަސް ކުރިން. ހަގީގަތުގައި އަހަރެންނަށް ވެސް ނޭނގެ މި މެޗުގައި 120 މިނިޓް އަހަރެންނަށް ފުރިހަމަ މިކުރެވުނީ ކިހިނެތްކަން.
ސްވިޒަލޭންޑްގެ ކެޕްޓަން ގްރަނިތް ޒަކާ

އޭނާ ބުނީ ރޭގެ މެޗު ނިމެންދެން ކުޅެވޭނެ ކަމަށް އުއްމީދު ވެސް ނުކުރާ ކަމަށާއި ނަމަވެސް އެންމެ ދެރަވީ މުބާރާތުން ސްވިޒަލޭންޑް ކެޓުމުން ކަމަށެވެ. ނަމަވެސް އަނިޔާގައި ހުރެ ވެސް ޓީމަށް އެހީތެރިވެދޭން ދަނޑުމަތީގައި ހުރެވެމުން އުފާ ކުރާ ކަމަށެވެ.

ސްވިޒަލޭންޑް ރޭ ބަލިވިއިރު އެ ޓީމަކީ މި ފަހަރުގެ ޔޫރޯގައި ގްރޫޕް ސްޓޭޖުގައި އެންމެ ވަރުގަދަ ޓީމު ކަމަށް ގިނަ ބަޔަކު ޔަގީންކުރި އެވެ. އެއީ ކުރީގެ ދެ ޗެމްޕިއަން ކަމަށްވާ އިޓަލީ އާއި ޖާމަނީ ބަލިކުރުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް