ކ. މާލެ
|
6 ޖުލައި 2024 | ހޮނިހިރު 12:30
ޖަރުމަނުގެ ތޯމަސް މުލާ
ޖަރުމަނުގެ ތޯމަސް މުލާ
ގޫގުލް
ޔޫރޯ 2024
ތޯމަސް މުލާ ބޫޓު ބާލާނީ ކޯޗާ މަޝްވަރާކޮށްފައި
ސްޕޭން އަތުން ބަލިވެ، ރޭ ޖަރުމަނު މުބާރާތުގެ ކެޓި މެޗަށް ފަހު ވާހަކަ ދައްކަމުން މުލާ ބުނީ އެންމެ ގާތީ އޭނާ ވެސް ގައުމީ ޓީމާ ދުރަށްދިއުން ކަމަށެވެ.

ޖަރުމަނުގެ ފޯވަޑް ތޯމަސް މުލާ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނީ ކޯޗާ މަޝްވަރާކުރުމަށްފަހު ކަމަށް އޭނާ ބުނެފި އެވެ.

ސްޕޭން އަތުން ބަލިވެ، ރޭ ޖަރުމަނު މުބާރާތުގެ ކެޓި މެޗަށް ފަހު ވާހަކަ ދައްކަމުން މުލާ ބުނީ ވަކި ގޮތެއް ނުނިންމައި މަޑުކުރަނީ ކޯޗާއެކު ވާހަކަ ދައްކާލަން ބޭނުންވާތީ ކަމަށެވެ. ނަމަވެސް އެންމެ ގާތީ އޭނާ ވެސް ގައުމީ ޓީމާ ދުރަށްދިއުން ކަމަށެވެ.

އަހަރެން ރިޓަޔާކުރުން އެންމެ ގާތީ. އެކަމަކު ކޯޗާއި އަހަރެންނާ އޮތީ ވަރަށް އިތުބާރު ހިފޭ ގުޅުމެއް. މިހެންވެ ދެ މީހުން ވާހަކަ ދެއްކުމަށްފަހު ގޮތެއް ނިންމާނީ
ޖަރުމަނުގެ ފޯވަޑް ތޯމަސް

އުމުރުން މިހާރު 34 އަހަރުގެ މުލާ އަކީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބު ކުރި ޖަރުމަނު ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އޭނާ ކުޅުން ހުއްޓާލައިފިނަމަ އެ ޓީމުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމުގައި ދެމިހުރި ހަމައެކަނި ކުޅުންތެރިއަކަށް ވާނީ ގޯލްކީޕަރު މެނުއަލް ނޯޔާ އެވެ.

ގައުމީ ޓީމަށް މިހާތަނަށް 131 މެޗުން 45 ގޯލު ޖަހާދީފައިވާ ފޯވަޑް ވަނީ ރޭ ސްޕޭނާ ދެކޮޅަށް ފަހު ހާފުގައި ނުކުޅެން ނުކުމެ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މިއީ އޭނާ މިފަހަރުގެ ޔޫރޯގައި ކުޅުނު ހަމައެކަނި މެޗުވެސްމެ އެވެ.

މުލާ އަކީ 2006 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ރަންބޫޓު ހާސިލްކުރު ކުޅުންތެރިޔާ އެވެ. ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅޭ ކުޅުންތެރިޔާ ވަނީ މިހާތަނަށް ކެރިއަރުގައި 258 ގޯލު ޖަހާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް