ކ. މާލެ
|
4 ޖުލައި 2024 | ބުރާސްފަތި 21:21
ރައީސް މުޢިއްޒު އަދި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު ޚަލީލް
ރައީސް މުޢިއްޒު އަދި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު ޚަލީލް
ރައީސް މުއިއްޒު ސަރުކާރު
ރައީސް އަންގަވައިގެން ސަރުކާރުން ލާރިދޭ މީޑިއާ ތަކުން ސަރުކާރު ޕްރޮމޯޓް ކުރާ މިންވަރު ބަލަނީ
ކޮންމެ މަހެއްގެ 5 ވަނަ ދުވަހުގެ ކުރިން މީޑިއާ ތަކަށް ފައިސާ ދިން މިންވަރު ރައީސް އޮފީހަށް ފޮނުވަން ޖެހޭ

ސަރުކާރުން ސްޕޮންސަރ ދޭ މީޑިއާ ތަކުން ސަރުކާރު ޕްރޮމޯޓް ކުރާ މިންވަރު ބެލުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.

24 ޖޫން ގެ ތާރީޚް ގައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެސިޑެންޓްސް އޮފީސް ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ޚަލީލް ސޮއި ކުރައްވާ ސަރުކާރުގެ މިނިސްޓްރީ ތަކަށާއި ކުންފުނި ތަކަށް ފޮނުއްވާފައިވާ ސިޓީ އެއް ގައި ވަނީ ސަރުކާރުގެ ވުޒާރާ ތަކާއި ކުންފުނި ތަކުން ސްޕޮންސަރ ދޭ ރާއްޖޭގެ އެކި މީޑިއާ ތަކުން ސަރުކާރުގެ މައުލޫމާތު ފަތުރަމުންދާ މިންވަރު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ވަޒަން ކުރަމުން ގެންދާ ކަމަށެވެ.

މި ގޮތުން، އެ ސިޓީގައި އެދިފައިވަނީ ސަރުކާރުގެ ވުޒާރާ ތަކާއި ކުންފުނި ތަކުން ސްޕޮންސަރ ދޭ މީޑިއާ ތަކާއި، ސްޕޮންސަރ ދޭ މިންވަރު ކޮންމެ މަހެއްގެ 5 ވަނަ ދުވަހުގެ ކުރިން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވަމުން ގެންދިއުމަށެވެ.

"ތިޔަ އިދާރާ އިން ސްޕޮންސަރ ދެއްވާ މީޑިއާ ތަކާއި، ސްޕޮންސަރަށް ދެއްވި އަދަދުގެ މައުލޫމާތު، ކޮންމެ މަހެއްގެ 5 ވަނަ ދުވަހުގެ ކުރިން މި އޮފީހާ ހިއްސާ ކުރައްވަމުން ގެންދަވަން ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ،" އެ ސިޓީގައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް