ކ. މާލެ
|
4 ޖުލައި 2024 | ބުރާސްފަތި 13:51
އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ މައްސަލައިގައި ސަރުކާރަށް އައީ ޕްރެޝަރު ބޮޑުވަމުން
އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ މައްސަލައިގައި ސަރުކާރަށް އައީ ޕްރެޝަރު ބޮޑުވަމުން
ރާއްޖެ އެމްވީ
މަގޭ ރިޕޯޓް
ދިވެހިންގެ ރާއްޖެ އެވެރިންގެ ރާއްޖެއަކަށް
މިސަރުކާރު ވެރިކަމަށް ގެންނަން ގިނަ ބަޔަކު ވޯޓު ދިނީ ބަދަލަކަށެވެ. ސަރުކާރުގައި މިހާރު ތިބި މީހުން ދެއްކި ވާހަކަތައް ގަބޫލުކޮށް އިހުއޮތް ސަރުކާރަށް ވުރެ ރަނގަޅުވާނެޔޭ ހިތައެވެ. މައިގަނޑު ގޮތެއްގައި ކެންޕޭނުގައި ޑރ މުއިއްޒު އާއި އޭނާގެ ޓީމުން ވިއްކީ ފަސް އެއްޗެކެވެ.

މިސަރުކާރު ވެރިކަމަށް ގެންނަން ގިނަ ބަޔަކު ވޯޓު ދިނީ ބަދަލަކަށެވެ. ސަރުކާރުގައި މިހާރު ތިބި މީހުން ދެއްކި ވާހަކަތައް ގަބޫލުކޮށް އިހުއޮތް ސަރުކާރަށް ވުރެ ރަނގަޅުވާނެޔޭ ހިތައެވެ. މައިގަނޑު ގޮތެއްގައި ކެންޕޭނުގައި ޑރ މުއިއްޒުއާއި އޭނާގެ ޓީމުން ވިއްކީ ފަސް އެއްޗެކެވެ. އެއީ ރައީސް ޔާމީން މިނިވަން ކުރުމާއި، އިންޑިޔާ ސިފައިން ބޭރުކޮށް އެގައުމުގެ އަޅުވެތިކަމުން ސަލާމަތް ކުރުމާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމާއި، އެއްވެސް އެއްޗެއް ސަރުކާރުން ނުފޮރުވާ ހާމަކުރުމެވެ. އަދި ލާރި ދޭނެ މީހުން އެބަތިބި ކަމަށާއި ކަންކަން ކޮށް ނިންމާލާނެ ކަމަށެވެ. މިހުރިހާ ކަމެއް އެއްކޮށްލާފައި ޖުމްލަކޮށް ބޭނުންކުރީ "ދިވެހިންގެ ރާއްޖެ" ދިވެހިންނަށް ހޯދުމަށް ކަމަށެވެ.  

ވެރިކަމަށް އަހަރެއް ނުވެ މި ހުރިހާކަމެއް މިވަނީ އެފުށް މިފުށަށް ޖެހިފައެވެ. އޭރު ކީހާޅެން މިހާރު މިވަނީ ފަރިއްސަށް ވެފައެވެ. އޭރު ގޮވި ވައުދުތައް މިވީ ރުކަށް އެރި މީހާގެ ނަދުރަށެވެ. ދެއްކި ވާހަކަތައް ހުވަފެނަކަށްވެ މުޅިއެތި މިވަނީ އަނެއްކޮޅަށް ޖެހިފައެވެ.

ރައީސް ޔާމީނަށް ކުރީ ހަރާން ހުކުމެއް ކަމަށް ޚުދު ޑރ މުއިއްޒުވެސް ގެންދެވީ ވިދާޅުވަމުންނެވެ. އެމަނިކުފާނަށް އިންސާފް ލިބެން ޖެހޭ ކަމަށާއި ހުވާ ކުރައްވާނީވެސް އެމަނިކުފާނާ އެކުގައި ކަމަށް ވިދާޅުވިއެވެ. ނަމަވެސް މުއިއްޒުވެސް ފަހުން ވިދާޅުވީ ކުރީގެ ސަރުކާރުންވެސް ބުނަމުން އައި ވާހަކައެވެ. ކޯޓުތަކަށް އަތް ނުބާނުއްވާނެ ކަމަށާއި ރައީސް ޔާމީނާ މެދުވެސް ގޮތެއް ނިންމާނީ ކޯޓުން ކަމަށެވެ. އޭރު އެމްޑީޕީގެ ސަރުކާރުން އެހެން ބުނީމާ އެކަންވީ ހަރާމް ހުކުމަކަށެވެ. ހައިކޯޓު މަރުހަލާއިން ހަނިގޮތަކަށް ރައީސް ޔާމީން މިވަގުތައް ސަލާމަތުން ހުންނެވިއަސް އަދި ސުޕްރީމް ކޯޓު މަރުހަލާގެ ބިރުވެރިކްނަ އޮތީއެވެ.

އިންޑިއާ ސިފައިންގެ ވާހަކައަކީ ރައްޔިތުން އަނބުރާލި އެންމެ ބާރުގަދަ ހަތިޔާރެވެ. މީހުން ބުނެއެވެ. ދޮގު ހަދަމުން ހަދަމުންގޮސް އެއީ މީހުން ތެދުކަމަށް ގަބޫލު ކުރެވޭ ހިސާބަށް ދެއެވެ. އޭރު ގޮވީ ރާއްޖޭގައި ހާހުން ދެހާހުން އިންޑިއާ ސިފައިން އެބަތިބި ކަމަށެވެ. ދިވެހި އަސްކަރިއްޔާއަށް ހިނގަނީ އެމީހުންގެ ބާރު ކަމަށެވެ. އެކަމަކު ވެރިކަން ބަދަލުވީމާ ދެއްކި ވާހަކައިގެ މުޅި މަފްހޫމް ބަދަލުކޮށްލީއެވެ. ކުރިންތިބި މީހުން އޯކޭވީއެވެ. ބައެއް މީހުން ޔުނީފޯމް ބަދަލުކޮށްލައިގެން ގެނައީއެވެ. ކުރިންވެސް ތިބިކަމަށްބުނި ސިފައިން އަނެއްކާވެސް ގެނައީއެވެ. އިންޑިއާ ސިފައިން ބޭރުކޮށްލައިފި ކަމަށްބުނެ މެޑެލް ޖަހައިގެންނެވެ.

އިންޑިއާއިން އެތެރެކުރާ ހަނޑޫ ކޮޅަކާއި ފުށްކޮޅަކަށް އަދި ފިޔާކޮޅަކަށް ވިކިގެން ނުތިބޭނެ ކަމަށްބުނެ ވެރިކަމަށް ވަޑައިގެންވެސް ލައްކަ އެއްޗެހި އިންޑިއާއަށް ގޮވިއެވެ. ވާހަކަ ނުދައްކާންވެގެން، ކުރީގައި މާފުކުރާގޮތައް އޮތް 150 މިލިއަނެއްހާ ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރުގެ ލޯނުވެސް ދެއްކީއެވެ. އަލުން އަނބުރާ އެހޯދަން އުޅުއްވީ ކުރިން ނުދައްކާ އެކަން ފަރުޖެއްސޭންވެސް އޮއްވައެވެ. އެހެން މީހުންނާ ގާތްވާންވެގެން ރަތްމަހަކަށް ނުގޮވާވަރަށް އިންޑިއާއަށް އެއްޗެހި ގޮވީއެވެ. އާޚިރުގައި އިންޑިއާވެސް އޯކޭވީއެވެ. އެއްކަލަ ޔޯގާ ކުޅިވެސް ކުޅުނީއެވެ. އެންމެ ގާތް އެކުވެރިޔާއަކީ އިންޑިއާ ކަމަށް ހަދައި އެގައުމު ގާތައް ސަލާން ޖަހަން ފޮނުވީއެވެ. އިންޑިއާއައުޓް ޓީޝާޓް ލެވުނީ އޮޅުމަކުންކަމަށް ހަދައި އިންޑިއާ އިންކުރަން އިންޑިއާގައި ރޯޑްޝޯވތައްވެސް ބާއްވަން ފެށީއެވެ. ކުރިން އިންޑިއާ ގޯސްވެގެން ޑްރާމާކުޅުނު މީހުންގެ ބަސްމަގު ބަދަލުކޮށް އިންޑިއާއަށް ސަނާކިޔަން ފެށިއެވެ.

ޗާގޯސް ވާހަކަވެސް އޭރު ދެއްކީކީ ތިޔަހެނެއް ނޫނެވެ. މަސްވެރިން ބާނަބާނާ ތިއްބާ ރާއްޖޭގެ މަސްކަނޑު ވިއްކާލީއެވެ. ވެރިކަމުގެ ކުރީކޮޅު އެތަން ހޯއްދަވާނެކަމަށް ވިދާޅުވިއެވެ. ވެރިކަމަށް މިހާތަނަށް ވީހާ ދުވަހެއް ވީއެވެ. އެވާހަކަ މިހާރު އަޑުވެސް ނީވެއެވެ.

އޭރުގެ ސަރުކާރު ގޯސްކަމަށް ރައްޔިތުންނަށް ވިސްނައި ދިނީ ދޭދޭ ދެގައުމުގެ ދެމެދުގައި ކުރެވޭ ބައެއް އެއްބަސްވުންތައް ހާމަ ނުކުރުމުންނެވެ. ކުރީގެ ސަރުކާރުން ބުނަމުން ދިޔައީ ބައެއް ލިޔެކިޔުންތަކަކީ ދެގައުމުގެ ސަލާމަތާއި ގުޅުންތަކަށް އާއްމުކޮށް ހާމަ ނުކުރެވޭނެ އެއްޗެހި ކަމަށެވެ. ނަމަވެސް މަޖިލީހަށް ގެންދިޔައީ ހިއްސާކުރަމުންނެވެ. ކަމުނުދިޔައީ އެގޮތެވެ. ވިދާޅުވީ ފޮރުވަންޖެހޭ އެއްޗެއް ނޯންނާނެ ކަމަށެވެ. ވިއްކީ އެވާހަކައެވެ. މިހާރު ބަދަލުވީވެސް އެވާހަކައެވެ. މިހާރު ހާމަކުރެވެންޖެހޭ ހަމަ އެކައްޗެއްވެސް ނެތީއެވެ. ކުޑަމިނުން ސަރުކާރުގެ ސިޔާސީ މަގާމްތަކުގެ އަދަދަކީވެސް ގައުމީ ބޮޑު ސިއްރަކަށް ހެދީއެވެ. މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ލިބިދޭ ހައްގުގެ ބާރު ކަނޑުވާލީއެވެ. ނޫސްވެރިންގެ ސުވާލުތަކަށް ބީރު ކަންފަތެއްދީ ރާއްޖޭގެ ނޫސްވެރިކަން އެތައް ގުނައަކަށް ސޮއްސުވާލީއެވެ. ޤާނޫނާ ގަވާއިދު އޮތްތަނެއްގައި ބާއްވާފައެވެ.

ވިދާޅުވީ ލާރި ހުރީ ލިބިފައި ކަމަށެވެ. ދޭނެމީހުން އިންތިހާއަށް ކަމަށެވެ. ފައިސާއަކަށް އެއްވެސް ދައްޗެއް ނެތްކަމަށާއި ތަރައްގީގެ ކަންކަން ކޮށް ނިންމާނެ ކަމަށެވެ.

ބަދަލުވީ އެރާގެވެ. ފައިސާނެތީއެވެ. ގައުމު ބަނގުރޫޓުވަނީއެވެ. ކުރީގެ ސަރުކާރުގެ ސަބަބުންނޯލައެވެ. އެކަމަކު ފެންނަން ހުރި މަންޒަރު މާބޮޑުތަނުން ތަފާތެވެ. އިގްތިސޯދު ހީނަރުވަނީ ރައްޔިތުންނާ ޖެހުނީމައެވެ. ޚަރަދުތައް ކުޑަކުރަންވީ ރައްޔިތުންނާ ރަށްރަށުގެ ކައުންސިލްތަކުންނެވެ. މިވެރިން އުދުހި ނަގަނީއެވެ. އެންމެ އަގުބޮޑު ރިސޯޓުގައި ޚުދު ރައީސް މީހާވެސް ޗުއްޓީ ހޭދަކުރައްވަނީއެވެ. ވަޒީރުން ފުރަފުރައިގެން ބޭރު ގައުމުތަކުގައެވެ. ކުޑަކުރީ ކިޔަވާކުދިންނަށް ދޭ ޑޮލަރުގެ އަދަދެވެ. ޖީއެސްޓީ ބޮޑުކުރަނީއެވެ. ކުރިން ޓެކްސް ނުނަގާ އެތައް ބާވަތަކުން ޓެކްސް ނަގަނީއެވެ. ކަރަންޓު ބިލާއި ފެންބިލު އަތްނުފޯރާ ފަށަށް އިތުރުވަނީއެވެ. އާސަންދަ ލިމިޓްކޮށް ބައެއް ތަންތަނުން ލިބޭ އާސަންދަ ނުލިބޭގޮތް ހެދީއެވެ. މިހާތަނަށް އެއްވެސް ސަރުކާރަކުން ނުދޭހާވަރަށް މީހުންނަށް ސިޔާސީ މަގާމްތައް ދިނީއެވެ. އަދި ހުއްޓުމެއްނެތި މަގާމްތައް ދެމުންވެސް ގެންދަނީއެވެ. ވިހި ރުފިޔާއަށް ނޫނީ ނުގަންނާން ބުނި މަސް 15 ރުފިޔާއަށް ދައްކުރީއެވެ.

ކޮންމެއަކަސް މިހެންގޮސް ކިޔާނެ ކަމެއްނެތެވެ. ސަރުކާރާއެކު ސަރުކާރުގައި ތިބި ބަޔަކަށް ހާއުފާވެރިކަން ލިބިއްޖެއެވެ. އަތްމަތި ތިޔާގި ވެއްޖެއެވެ. އެކަމަކު ރައްޔިތުން ދަނީ ބިކަވަމުންނެވެ. ހާލުގައި ޖެހެމުންނެވެ. ދިވެހިންގެ ރާއްޖޭގައި ދިވެހިން ނިކަމެތިވަނީއެވެ. ބަދަލަކަށް ގެނައި ދިވެހިންގެ ރާއްޖޭގެ ބަދަލުގައި އެވެރިންގެ ރާއްޖެއަކަށްވެ ނިމެނީއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
ކޮމެންޓް
4 ޖުލައި 2024 | ބުރާސްފަތި 20:35
ޑޮރ. ޒަންޖަބީލު
ދެން ފައިބާ. ޔޫ އާރ ކްލިއާރލީ ނޮޓް ބިލްޓް ފޮ ދިސް.
4 ޖުލައި 2024 | ބުރާސްފަތި 18:56
ޒަމީރު
މުހުސިނަކީ ކުރީސަރުކާރުން އަދާލަތު ސްލޮޓެއްގައި ބޮޑު މުސާރަ ނަގައިގެން ހުރި ވަރަށް މާތް ބޭފުޅެއް. ވެރިކަން ގެއްލި މަގާމު ގެއްލުމުން ރަތްމަހަކަށް ނުގޮވާހާއެއްޗެތި ރައްޔިތުންނަށް ތި ގޮވަނީ