ކ. މާލެ
|
2 ޖުލައި 2024 | އަންގާރަ 14:50
ބޮއިން 787-9 ޑްރީމް ލައިނަރ އެއާކްރާފްޓް، ނަޓަލް އިންޓަރނޭޝަނަލް އެއާޕޯޓްްގައި
ބޮއިން 787-9 ޑްރީމް ލައިނަރ އެއާކްރާފްޓް، ނަޓަލް އިންޓަރނޭޝަނަލް އެއާޕޯޓްްގައި
ރޮއިޓާރސް
އެއަރ ޔޫރަޕާގެ ބޯޓެއް އިމަޖެންސީ ކޮށް ޖެއްސުން
އެއަރ ޔޫރަޕާގެ ބޯޓެއް ގަދަ ކޮޅިގަނޑެއްގައި ޖެހި ދަތުރުކުރި އެތައް ބަޔަކަށް އަނިޔާވެ، އިމަޖެންސީ ކޮށް ޖައްސައިފި
އުރުގުއޭގެ ޚާރިޖިއްޔާގެ އޮފޮޝަލަކާ ހަވާލާ ދީ އޭއެފްޕީ އިން ބުނެފައިވަނީ 25 މީހުންނާ 30 މީހުންނާ ދެމެދުގެ އަދަދަކަށް ފަސިންޖަރުންނަށް އަނިޔާވެފައިވާ ކަމަށެވެ.

އެއަރ ޔޫރަޕާގެ ބޯޓެއް ގަދަ ކޮޅިގަނޑެއްގައި ޖެހި ބޯޓުން ދަތުރުކުރި އެތައް ބަޔަކަށް އަނިޔާވެ، އިމަޖެންސީ ކޮށް ޖައްސައިފިއެވެ.

ހޯމަ ދުވަހު ހިނގި މި ހާދިސާގައި ބޮއިންގ މަރުކާގެ ޑްރީމް ލައިނަރ ކޮޅިގަނޑުގައި ޖެހުނު އިރު ދަތުރުކުރަމުން ދިޔައީ މެޑްރިޑުން ފުރައިގެން އުރުގުއޭ ގެ ވެރިރަށް މޮންޓެވިޑިއޯ އަށް ކަމަށް އެއަރލައިން އާ ހަވާލާދީ ޚަބަރުތައް ބުނެއެވެ.

ޙާދިސާ ހިނގުމުން ބޯޓުގެ ރޫޓް ބަދަލު ކޮށް ބެރެޒިލްގެ ނޭޓަލް އެއަރޕޯޓަށް ބޯޓު ވަނީ ޖައްސާފައެވެ.

މި ހާދިސާ ގައި އެތައް ބަޔަކަށް އަނިޔާވެފައިވާ އިރު، އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވުނު ކަމަށް އެއަރލައިން އިން "އެކްސް" ގައި ބުނެފައިވެއެވެ.

އުރުގުއޭގެ ޚާރިޖިއްޔާގެ އޮފޮޝަލަކާ ހަވާލާ ދީ އޭއެފްޕީ އިން ބުނެފައިވަނީ 25 މީހުންނާ 30 މީހުންނާ ދެމެދުގެ އަދަދަކަށް ފަސިންޖަރުންނަށް އަނިޔާވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއަދަދަކީ ފައިނަލް އަދަދު ނޫން ކަމަށްވެސް ބުނެފައިވެއެވެ.

ހާދިސާގައި އެކި ވަރުގެ އަނިޔާތައް ފަސިންޖަރުންނަށް ވެފައިވާ ކަމަށާއި އެހެން ނަމަވެސް މިހާތަނަށް މީހެއްގެ ފުރާނަ އަށް ނުރައްކާ ވާވަރުގެ ގެއްލުމެއް ލިބިފައިވާ ކަން އެނގިފައި ނުވާ ކަމަށް އޭއެފްޕީން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް